ads
ޑރ.ނަޒްލާ--- ފޮޓޯ: ޕީއެެސްއެމް
ލުއިތަކާއި އެކު ކޮންޓެކްޓުން އިތުރުވާތީ ކަންބޮޑުވުން ފާޅުކޮށްފި
ކޮވިޑް19 އާއި ގުޅިގެން މިހާރު ޕޮޒިޓިވްވާ ކޭސްތަކުގެ ކޮންޓެކްޓުން އިތުރުވެފައިވާކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ރޭ އެޗްއީއޯސީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުންގައި އޮތް އިރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓުން މަދު ކަމަށެވެ. އެހެން ނަމަވެސް ލުއި ތަކާއި އެކު ކޮންޓެކްޓުން އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ. 

ބަލިޖެހިފައި ހުންނަމީހާ އާއި ބައްދަލުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ ދިވެހިންގެ ތެރޭގައި މިކަން އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިއުން މުހިންމު ކަމަށާއި، އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ބަލީގެ އަލާމާތްހުރެ އެކިތަންތަނަށް ދާކަން ފާހަގަކޮށް ޑރ ނަޒްލާ ވިދާޅުވީ ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫ ކްލިނިކަކަށް ދެއްކުން މުހިންމު ކަމަށެވެ. އަދި އަލާމާތް ހުރިނަމަ ބޭރަށް ނުދިއުމަށާއި، އޮފީހާއި ސްކޫލް ފަދަ ތަންތަނަށް ނުދިއުން މުހިންކަން ފާހަގަކުރެއްވި އެވެ.

ގޭގޭގައި ބައެއް ފަރާތްތައް ކަރަންޓީން ކޮށްފައި ތިބޭނެކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ ބައެއް ފަރާތްތަކުން އެގޮތަށް ކަރަންޓީންކޮށްފައި ތިބޭ ފަރާތްތަކަށް ޒިޔާރާތްކުރާކަމަށެވެ. އަދ އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއްނޫންކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް