ads
ރަށަކަށް އުދައަރަނީ -- ފޮޓޯ: ވީނިއުސް
ސަމާލުވޭ! ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރެއަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު
ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖޭތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް (މެޓް)އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެއާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖޭގެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ދިޔަވަރުބޮޑުވާ ވަގުތުތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދީފައިވެއެވެ. 

މެޓް އޮފީހުން ވަނީ މިކަމުގެ ސަބަބުން ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުމަށް އެދިފައެވެ. އަދި ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މޫދަށް އެރުމުގައި ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް