ads
ފޮޓޯ: ސަން އޮންލައިން
ޖުރިމަނާ ކުރެވޭ ގޮތަށް ހަދަން އުޅެނީ މީޑިއާތަކަށް ބިރުދައްކަން: އެޑިޓަރުން
މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވައިދު ހަދަން މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އެންގީ މީޑިއާތަކަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް ބައެއް އޮންލައިން ނޫސްތަކުގެ އެޑިޓަރުން ބުނެފި އެވެ.

ބައެއް އޮންލައިން މީޑިއާތަކުން ރޭ ކުރިއަށްގެންދިޔަ ނިއުސްބްރީފިންއެއްގައި އެޑިޓަރުން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ އެންގުމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެގޮތުން "އަވަސް އޮންލައިން"ގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) ވިދާޅުވެފައިވަނީ، މީގެ ކުރިންވެސް ރާއްޖޭގެ މީޑީއާތަކުން ރޭޕްގެ އެކި މައްސަލަތައް ރިޕޯޓް ކޮށްފައިވާކަމަށާއި، އޭރު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ވިދާޅުވެފައިވަނީ މަޖިލީހުން މީޑިއާ ކައުންސިލަށް އެންގި އެންގުމަކީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީގައި ހިނގި ރޭޕްގެ މައްސަލައާއި ގުޅިގެން އަންގާފައިވާ އެންގުމެއް ކަމަށެވެ. އަދި މި މަޖިލީހުން އެ އެންގުން މީޑިއާ ކައުންސިލަށް އެންގުމަށް އެނޫން ކަމެއް މެދުވެރި ނުވާކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިއުސް ބްރީފިންގައި "ސަން އޮންލައިން"ގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވެފައިވަނީ، ސަފާރީ ރޭޕްގެ މައްސަލައިގައި އޮންލައިން ނޫހަކުން ގެނެސްފައިވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއްތޯ މީޑިއާ ކައުންސިލުން ބެލުމަށްފަހު ނިންމަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެކަން ބެލުމުގެ ކުރިން ވަކި ގޮތަކަށް އަމަލު ކުރުމަށް ނުވަތަ ވަކި ބަޔަކު ޖޫރިމަނާކުރުމަށް މަޖިލީހުން މީޑިއާ ކައުންސިލަށް އެންގުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ހިރިގާ ވިދާޅުވީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ހަބަރެއް ޓީވީއަކުން ބްރޯޑްކާސްޓްކުރާ ކަމަށް ވާނަމަ އެކަމެއް ބަލާނެ ކަމަށް ބްރޮޑްކޮމްއިން އެންގުމަކީވެސް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. 

ރޭގެ ނިއުސް ބްރީފިންގައި ވާހަކަ ދައްކަވަމުން "ވަންއޮންލައިން"ގެ ޗީފް އެޑިޓަރު ސިނާން އަލީ ވިދާޅުވެފައިވަނީ ޖޫރިމަނާކުރެވޭނެ ގަވައިދެއް އެކުލަވާލުމަށް ހަތް ދުވަހުގެ ކުރު މުއްދަތެއްގެ ދިނުމުން ސުވާލު އުފެދޭކަމަށެވެ. އަދި މަޖިލީހުން މައްސަލަބަލާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލަށް އެންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ސިނާން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް