ads
އައްޑޫއަށް އުދައަރަނީ--
އައްޑޫއަށް ވަރަށް ބޮޑަށް އުދަ އަރަނީ
އައްޑޫ ސިޓީއަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު ސޯޝަލް މީޑިއާއަށް ހިއްސާކުރެއްވި ވީޑިއޯއެއްގައި ފެނިގެންދަނީ މަރަދޫ ލިންކް ރޯޑު ސަރަހައްދުން ވަރަށް ބޮޑަށް އުދައަރަމުން އަންނަ މަންޒަރެވެ. 

މުޅި އެ ސަރަހައްދު މަގުގައި ލޮނު ފެން އޮތް މަންޒަރު ފެނިގެންދާއިރު ނިޔާޒު ވަނީ އެކަމުގެ ސަބަބުން އާންމުންގެ ގެދޮރާއި މުދަލަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ. 

އެކަމާއި ގުޅިގެން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ވިދާޅުވީ، އުދައަރަން ފެށީ ފަތިހު ކަމަށާއި އެކަމަކު ބޮޑަށް އުދަ އަރަން ފެށީ ހެނދުނު ނުވައެއް ހާއިރު ކަމަށެވެ. އެގޮތުން އަދިވެސް އެ ސިޓީއަށް އުދަ އަރަމުން އަންނަކަން ފާހަގަކުރައްވާ، ޔަޝްރިފް ވިދާޅުވީ، އެންމެ ބޮޑަށް އުދައިގެ އަސަރުކުރަމުން ދަނީ މަރަދޫ އާއި މަރަދޫ ފޭދޫއަށް ކަމަށެވެ. 

ޔަޝްރިފް އިތުރަށް ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރިއަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. އެކަމަކު މިހާތަނަށް ގެއަކަށް އެކަމުގެ ގެއްލުން ލިބިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ޔަޝްރިފް ވަނީ، ގެއްލުން ކުޑަކުރުމަށްޓަކައި ކައުންސިލުން ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ވެލި ބަސްތާ ޖަހަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް