ads
ކޮވިޑް-19 ޑްރިލް---- ފޮޓޯ: ރާއްޖެ އެމްވީ
އިތުރު 64 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 64 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 64 މީހަކު ބައްޔަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 2617 އަށް އަރާފައިވާ ކަމަށެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި 17 ބަންގްލަދޭޝް މީހެއްގެ އިތުރުން 2 އިންޑިއާ މީހަކާއި ނޭޕާލް މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

މި ބަލީގައި މިހާރު 361 މީހަކަށް ފަރުވާދެވެމުން އަންނައިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 300 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. ރާއްޖެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2238 އަށް އަރާފަ އެވެ.

ރޭ އެޗްއީއޯސީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ލޮކްޑައުންގައި އޮތް އިރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓުން މަދު ކަމަށެވެ. އެހެން ނަމަވެސް ލުއި ތަކާއި އެކު ކޮންޓެކްޓުން އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް