ads
ސައުދުﷲ--
ޖިންސީ ފުރައްސާރާއިގައި ގޭމްގެ ސެކެރެޓްރީ ޖެނެރަަލް މަގާމުން ވަކިކޮށްފި
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ތުހުމަތު ކުރެވި އެ މައްސަލަ ބަލާ ނިމެންދެން ސަސްޕެންޑް ކުރެވިފައިވާ ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް)ގެ ސެކްރެޓަރީ ޖެނަރަލް ސައުދުﷲ އަހުމަދު ހަސަން ދީދީ މަގާމުން ވަކިކޮށްފިއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ގެސްޓް ހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުންނާއި، ހިންގާ ކޮމިޓީގެ މެމްބަރުކަމުގެ މަޤާމުން ސައުދުﷲ ވަކިކުރުމަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި އޭނާ މަޤާމުން ވަކިކުރުމަށް ނިންމީ ހިންގާ ކޮމިޓީގެ 14 މެމްބަރުންގެ އިއްތިފާގުންކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް ކަމުގައި ހުންނެވި މޫސާ ނާސިހް އެ މަގާމުން އިސްތިއުފާ ދެއްވީ، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލް ކަމުގައި ހުރި ސައުދުﷲ އަހުމަދު ހަސަން ދީދީގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއް ބެލުން ލަސްވުމުން ކަމަށް އޭނާ ބުނެއެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ އެ އެސޯސިއޭޝަނުގެ އިސް ބޭފުޅެއްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއް ބެލުން ލަސްވެ، އެސޯސިއޭޝަނުގެ މޫނުމަތި ރީތިކުރުމަށް ކަމަށް ބުނެ އެ މައްސަލަ އޮއްބާލުމަށް އެކްސްކޯގެ ބައެއް މެމްބަރުން މަސައްކަތް ކުރާތީ، އެކަން އެގޮތަށް ކުރުމަކީ އަމިއްލަ ނަފްސަށް ގަބޫލު ނުކުރެވޭ ކަމަކަށް ވާތީ ކަމަށެވެ. 

މިކަމާއި ގުޅޭގޮތުން ނަން ހާމަނުކޮށް މައުލޫމާތު ދެއްވި ގެސްޓް ހައުސް އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ، ނާސިހު އިސްތިއުފާ ދޭންޖެހޭ ހިސާބަށް އެއްވެސް ކަމެއް ގޯސް ނުވާ ކަމަށެވެ. 

އެސޯސިއޭޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލާގައި ތުހުމަތު ކުރެވިފައިވާ ސައުދުﷲ ސީއެންއެމް އިން ގުޅުމުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރެ އެވެ. އަދި ލޯޔަރުގެ ފަރާތުން ނޫސް ބަޔާނެއް ނެރޭނެ ކަމަށް ބުންޏެވެ. އެހެންނަމަވެސް އަދި މިހާތަނަކަށް އެއްވެސް ނޫސްބަޔާނެއް ނެރެފައެއް ނުވެއެވެ.

ގޭމްގެ ރައީސް އަދި ސެކެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް ވަގުތީ ގޮތުން މެންބަރުން ހަމަޖެއްސުމަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީ އިން ބްރާސްފަތި ދުވަހުގެ ރޭ އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައިވެއެވެ.

ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މަޝްވަރާއަށް ފަހު ގެސްޓް ހައުސް އެސޯސިއޭޝަންގެ އެކްޓިން ޕްރެޒިޑެންޓްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު ގޭމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒު އެވެ. އަދި ވަގުތީ ސެކެޓްރީ ޖެނެރަލްއަކަށް އައްޔަންކުރީ މުހައްމަދު ވާފިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް