ads
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12 މިލިއަނަށްވުރެ މައްޗަށް
މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު 12,630,872 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

ބަލި ޖެހުނު މީހުންގެ ތެރެއިން މީހުން 7,366,488 މީހުން ބަލިން ރަނގަޅުވެފާވާ ކަމަށް ތަފާސްހިސާބުތައް ދައްކާ އިރު، ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 562,888 މީހުން ވަނީ މަރުވެފަ އެވެ. 

މިހާތަނަށް މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާއިން އެއްދުވަހުގެ ތެރޭގައި 68،000 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާރު އެ ގައުމުން ޖުމްލަ 3,291,786 މީހުން ޕޮޒިޓިވްވެފައި ވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 1,460,495 މީހުންނެވެ. އަދި އެމެރިކާ އިން ބަލިޖެހުނު 136,671 މީހުން ވަނީ މަރުވެފަ އެވެ. 

ބްރެޒިލް އިން ކޮވިޑް-19 އަށް 1,804,338 މީހުން ޕޮޒިޓިވްވެފައި ވާއިރު، ބަލިޖެހުނު މީހުންގެ ތެރޭގައި އެގައުމުގެ ރައީސް ވެސް ހިމެނެ އެވެ. އެ ގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން 1,213,512 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލިޖެހުނު 70,524 މީހުން ވަނީ މަރުވެފަ އެވެ. 

ތިން ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އަވައްޓެރި އިންޑިއާ އިން ނެވެ. އިންޑިއާ އިން ކޮވިޑް-19 އަށް 822,603 މީހުން ޕޮޒިޓިވްވެފައި ވާއިރު، ރަޝިއާ އިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 713,936 މީހުންނެވެ. 

ސްޕެއިން، ޗިލީ އަދި ޕެރޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން ލައްކަ އަށް ވުރެ މަތީގައި އުޅޭ އިރު، މެކްސިކޯ، ޔޫކޭ، އިރާން، ސައުތު އެފްރިކާ، ޕާކިސްތާން، އިޓަލީ، ސައުދީ އަދި ތުރުކީ އިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ ދެ ލައްކަ އަށް ވުރެ މައްޗަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް