ads
ލެމޮން ގްރާސް
ލެމަން ގްރާހަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗެއް؟
ކޮންމެ މީހެއްގެ ވެސް އަޒުމަކަށް ވާނީ ދުޅަހެޔޮ ސިއްހަތެއްގެ މަތީގައި ދެމިހުރުމެވެ. ހާއްސަ ގޮތެއްގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާ މިދުވަސްކޮޅު ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިކަމަށް ރަނގަޅު އެއް ކާނާ އަކީ ލެމަން ގްރާހެވެ.

ލެމަން ގްރާހަކީ ގަހެކެވެ. އަދި މި ގަހުގެ ފަތްތަކާއި ތެޔޮ އާއްމު ގޮތެއްގައި ބޭނުން ކުރެވެނީ ބޭސް ހެދުމަށެވެ. ހަމަމިއާއެކު މިއީ ސޫޕް އަދި ހާބަލް ސައި ގިރުމުގައިވެސް ބޭނުން ކުރެވޭނެ ކާނާއެއްކަން ފާހަގަކޮށްލެވެއެވެ.

ލެމަން ގްރާހަކީ ހަޖަމް ކުރުން ރަނގަޅު ކޮށްދޭ އެއްޗެކެވެ. އެގޮތުން ލެމަން ގްރާސް އަޅައި ހަދާ މި ސައި ތައްޓަކީ ބަނޑަށް ތަދުވާނަމަ ބޯން ރަނގަޅު އެއްޗެއް ކަމުގައި ފާހަގަ ކޮށްލެވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލެމަން ގްރާހަކީ އެންޓި އޮކްސިޑެންޓްސް އިން ފުރިފައިވާ ކާނާއެކެވެ. މި އެންޓިއޮކްސިޑެންޓްސް އަކީ ހަށިގަނޑުގައިވާ ފްރީ ރެޑިކަލްސް އާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗަކަށް ވުމުން މިއީ ކެއުމުގައި ބޭނުން ކުރުން ރަނގަޅު އެއްޗެއް ކަމުގައި ފާހަގަކޮށްލެވެއެވެ.

ލެމަން ގްރާހަކީ ހަށިގަނޑުގައިވާ ޓޮކްސިންތައް ނައްތާލައިދީ، ބަރުދަން ލުއިކޮށްދޭ އެއްޗެއްވެސް މެއެވެ.

ލެމަން ގްރާހަކީ އެންޓި މައިކްރޯބިއަލް ޕްރޮޕަޓީސް އިން މުއްސަނދި އެއްޗެކެވެ. އެގޮތުން ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ދަތް ފަނި ކެއުމަށް އެހީތެރިވެދޭ ޖަރާސީމުތައް ނައްތާލުމަށް ވެސް މަސައްކަތް ކުރާ އެއްޗެކެވެ.

ލެމަން ގްރާހަކީ އެތައް ފައިދާތައް އެކުލެވިފައިވާ އެއްޗެއް ކަމުގައި ވީނަމަވެސް މިއީ ހެޔޮ މިންވަރަކަށް ބޭނުން ކުރަން ޖެހޭނެ އެއްޗެކެވެ. އަދި މާ ގިނައިން ބޭނުން ކުރަން ރަނގަޅު އެއްޗެއް ނޫން ކަމަށް ފާހަގަ ކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް