ads
ފިނޭންސް މިނިސްޓްރީ
މިިދިޔަ ހަ މަހު ވެސް ލިބުނު އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދުތައް ބޮޑު
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނު އިރު، ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ދައުލަތުގެ ހަރަދުގެ ދެބައިކުޅަ އެއްބައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި ދެ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ 13.08 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ހަރަދު ކޮށްފައި ވަނީ 13.3 މިލިއަން ރުފިޔާ އެވެ. 

މިއަހަރު ސަރުކާރުން ކޮށްފައިވާ ހަރަދުގެ ތެރެއިން ރިކަރެންޓް އެންޑް ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 12.5 މިލިއަން ރުފިޔާ އެވެ. 2019 ވަނަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހުގެ ނިޔަލަށް ރިކަރެންޓް އެންޑް ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ދައުލަތުން ހަރަދުކޮށްފައި ވަނީ 12.8 މިލިއަން ރުފިޔާ އެވެ. 

އެގޮތުން މި އަހަރުގެ މި މުއްދަތުގައި ރިކަރެންޓް އެކްސްޕެންޑިޗާގެ ގޮތުގައި 8.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 3.5 މިލިއަން ރުފިޔާ އެވެ. 

ޖުލައި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ޕީއެސްއައިޕީގެ އެކި އެކި މަޝްރޫއުތަކަށް 2.1 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ދެވަނަ ދުވަހާ ހަމައަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.64 މިލިއަން ރުފިޔާ އެވެ. މިއީ ފައިތުވި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނު 12.1 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ސަރުކާރުން ކުރި ހަރަދުގެ ވެސް ދެބައިކުޅަ އެއްބައި އެވެ. 

އެގޮތުން މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ޓެކުހުންނެވެ. ޓެކުހުން އެކަނި ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ވަނީ 5.3 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ނަންޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 1.4 މިލިއަން ރުފިޔާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް