ads
ދިރާގުގެ ހެޑް އޮފީސް
ދިރާގު ޓީވީ އިން މިހާރު ސްޓާ ޗެނަލްތައް ވެސް ބަލާލެވޭނެ
ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އިންޑިއާގެ ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާގެ ޗެނަލްތައް ދިރާގު ޓީވީއަށް ތައާރަފުކޮށްފި އެވެ.

ސްޓާ އިންޑިއާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ދިރާގުޓީވީގެ ކަސްޓަމަރުންނަށް ފެންނަން ފަށާފައި ވަނީ ޖުލައި 10 ވަނަ ދުވަހުން ފެށިގެންނެވެ. 

އެގޮތުން ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ސްޓާ ޕްލަސް، ސްޓާ ގޯލްޑް، ސްޓާ ބާރަތް، ސްޓާ ޖަލްޝާ، ސްޓާ ވިޖޭ އަދި އޭޝިއާނެޓް ބަލަލެވޭނެ އެވެ. 

ދިރާގުން ބުނީ ސްޓާ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާ، ރިއަލިޓީ ޝޯތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓާ ފިލްމްތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއީ އުފާވެރި ހަބަރެއް ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ސްޓާ ޕްލަސް އަދި ސްޓާ ބާރަތްގެ ޑްރާމަ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓާ ނެޓްވޯކްގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށް ކަމަށްވެސް ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ. 

ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހްމޫދް ދަސާ ވަނީ ސްޓާ ނެޓްވޯކް ދިރާގުޓީވީ އަށް އައުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ސްޓާގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޗެނަލްތަކަކަށްވެފައި، ސްޓާ ނެޓްވޯކްފަދަ ބޮޑު ޗެނަލަކާގުޅުމުން ދިރާގުޓީވީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްގީވާނެކަމަށް ގަބޫލުކުރެވޭ ކަމަށް މަހްމޫދް ވިދާޅުވި އެވެ. މަހްމޫދު ވަނީ މި ކޮލާބޮރޭޝަންގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށްވެސް ވިދާޅުވެފަ އެވެ. 

ދިރާގުޓީވީ އާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓާގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދިރާގުޓިވީ ކަސްޓަމަރުން ސްޓާ އިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓާ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެކަމަށް ސްޓާ އިންޑިއާގެ ސްޕޯކްސްޕާސަން ވަނީ ވިދާޅުވެފަ އެވެ. 

ދިރާގުޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ޓީވީ ހިދުމަތް ދިރާގުން ފޯރިކޮށްދޭ އިރު، ދިރާގުޓީވީ ގައި މިހާރު 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭނެ އެވެ.

ދިރާގުޓީވީ ރާއްޖޭގެ 53 ރަށަކަށް ފޯރުކޮށްދޭ އިރު، އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގުން އެ ހިދުމަތް ފޯރުކޮށްދެ އެވެ. 

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގުޓީވީ އިން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާއި ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް