ads
ބަންގްލަދޭޝް މީހުން އެގައުމަށް ފުރަނީ--
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އިތުރު 200 ބަންގްލަދޭޝް މީހަކު މިއަދު ފުރާފައިވާ ކަމަށެވެ. އެގޮތުން އެ ފްލައިޓް ދާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ. 

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި އެގައުމުގެ 200 މީހަކު ގައުމަށް ފޮނުވާލާފައިވެ އެވެ. 

އެގޮތުން މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން ފޮނުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ އިރު، މިހާރު 3،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.  

މޯލްޑިއަންގެ ފްލައިޓުތަކުގެ އިތުރުން، ރާއްޖެއަށް އައި އެގައުމުގެ އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް މީހުންވަނީ ގެންގޮސްފަ އެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް 60000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު އެ މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު އެވެ.

މާލެއިން ބަލި ފެނުމާއެކު ތޮއްޖެހިގެން އުޅޭ ބިދޭސީން މާލެއިން ބޭރުކުރުމުގެ މަސައްކަތް ފެށިއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް