ads
ޕަކީރު އަލީ މާއްޓޭއާއި އެކު
މާތަރަ ސިޓީގެ ކޯޗަކަށް ޕަކީރު އަލީ
އަވައްޓެރި ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު، ޕަކީރު އަލީ އެ ގައުމުގެ މާތަރަ ސިޓީ ފުޓްބޯޅަ ކްލަބުގެ ކޯޗުކަމަށް ހަމަ ޖައްސައިފިއެވެ. ޕަކީރު އަލީއަކީ ގިނަ ދުވަސްތަކެއްވަންދެން ރާއްޖޭގައިވެސް މަސައްކަތް ކުރި ކޯޗެކެވެ.

މާތަރަ ސިޓީ އެފްސީގެ ކޯޗު ކަމަށް ހަމަ ޖެއްސި ޕަކީރު އަލީވަނީ ކުރިން ލަންކާގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އޭނާވަނީ ބަންގާޅުގެ އަބަހާނީ ލިމިޓެޑަށްވެސް ކުރިން ކުޅެފައެވެ.

އިންޑިއާ އަދި ބަންގްލަދޭޝްގެ ކްލަބުތަކުގެ އިތުރުން އޭނާވަނީ ރާއްޖޭގައިވެސް ކޯޗުކޮށްދީފައެވެ. އަދި ލ. އަތޮޅުގައި ފުޓްބޯޅަ އެކަޑަމީއެއްގައި މަސައްކަތް ކުރުމުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގައިވެސް އޭނާވަނީ ކޯޗުކޮށްދީފައެވެ. ލަންކާގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރި އިރު، ރާއްޖެއާ ލަންކާ ދެހާސް އަށާރަވަނަ އަހަރު ކުޅުނު މެޗު ނިމިފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ ފަހަރު ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅީ ރާއްޖެއާއި ލަންކާއާ ދެމެދު ގުރުއަތުލައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް