ads
ެައަނީސް ހިލްމީ
ކުޑަ އަންހެން ކުއްޖާ ރޭޕް ކުރި މީހާގެ މައްޗަށް ތިން ދައުވާއެއް އުފުލައިފި
އުމުރުން 11 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރަން އުޅުނު މައްސަލާގައި ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ތިން ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހއ. ބާރަށް، ސިލްސިލާގޭ އަނީސް ހިލްމީގެ މައްޗަށް ދައުވާ އުފުލާފައިވަނީ 11 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލާގެ އިތުރުން މި މައްސަލާގެ ތަހުގީގުގެ ތެރޭގައި އޭނާގެ ފޯނުން ބަލާ ފާާސްކުރި އިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާތީ ކަމަށް އެ އޮފީހުން ބުނެ އެވެ.

އަނީސްގެ މައްޗަށް އުފުލާފައިވާ އެއް ދައުވާއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއެވެ. މި ދައުވާ ކޯޓުގައި ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ގްރޫމްކުރުމުގެ ކުށުގެ ދައުވާ ކޯޓުގައި ސާބިތުވެއްޖެ ނަމަ އެ ކުށުގެ އަދަބެއްގެ ގޮތުން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އޭނާގެ މައްޗަށް އުފުލާފާއިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ ކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ޖިންސީ ގޯނާގެ މި މައްސަލާގެ ސީރިޔަސް ކަމުން ފުލުހުންގެ އެދުމުގެ މަތިން ކޯޓުން ވަނީ މައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް