ads
ޑރ.ނަޒްލާ---
ކޮންޓެކްޓްވާ މީހުން އޮފީހަށް ނެރެން 14 ދުވަސް ހަމަނުކޮށް އެބަ ޓެސްޓްކުރޭ: ޑރ. ނަޒްލާ
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުން، ރެންޑަމްކޮށް ސާމްޕަލް ނަގާއި، ނެގެޓިވްވުމުން އޮފީހަށް ނިކުންނަމުން އަންނަ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު، ޑރ. ނަޒްލާ ވިދާޅުވީ، މިފަހަކަށް އައިސް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާ މީހުން ކަރަންޓީން ކުރުމުން، ބޭރަށް ނިކުމެ ރެންޑަމްކޮށް ސާމްޕަލް ނަގަމުން އަންނަ ކަމަށެވެ.

އެގޮތަށް މީހުން ރެންޑަމްކޮށް ސާމްޕަލް ނަގަމުން އަންނަނީ އޮފީހުން އެގޮތަށް ބޭނުންވެގެން ނުވަތަ އެމީހުން އަމިއްލައަށް އެގޮތަށް ބޭނުންވެގެން ކަމަށް ވެސް ވިދާޅުވި އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، ކަރަންޓީންކުރުމުން، ބޭރަށް ނުނިކުމެވޭނެ ކަމަށާއި އެމީހުން ތިބެން ޖެހޭނީ އެ ކަރަންޓީނުކުރާ ތަނެއްގައި ކަމަށެވެ. 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބެންޖެހޭއިރު އެ މުއްދަތުގައި އެމީހުންނަށް ބޭރަށް ނިކުމެވޭނީ ސިއްހީ ކުއްލި ފަރުވާއެެއް ހޯދުމަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. 

"ކަރަންޓީނާއި ވެސް ހިލާފުވެވެނީ އަދި އަޅުގަނޑުމެން ރެންޑަމް ސާމްޕަލް މަގުމަތިން މި ނަގަނީ ވެސް ކޭސަސްއާ ގުޅުން ހުރި ފަރާތްތައް ނޫން އެހެން ފަރާތްތަކުގެ ޓެސްޓްކޮށް އެމީހުންގެ ތެރޭގައި ބަލި ހުރިތޯ ބެލުމަށް. އެހެންވީމަ އެ މަގްސަދު ވެސް އަޅުގަނޑުމެންނަށް ފުރިހަމައަކަށް ހާސިލެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ރެންޑަމްކޮށް ގޮސް ސާމްޕަލް ނަގައިގެން ނެގެޓިވްވިޔަސް އެމީހުންނަށް އަނބުރާ މަސައްކަތަށް ނުނިކުމެވޭނެ ކަމަށާއި އެއީ ބަލި ޖެހިފައިވާކަން ކަރަންޓީނުވާ ދެވަނަ ދުވަހު ނޭނގިދާނެ ކަމަށެވެ. އެގޮތުން ކަރަންޓީނުގައި 14 ދުވަހުގެ މުއްދަތަކަށް ބަހައްޓަނީ ވެސް އެ ސަބަބާހުރެ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް