ads
ޑރ.ނަޒްލާ--- ފޮޓޯ: ޕީއެެސްއެމް
ދޮގު މައުލޫމާތުދޭތީ ކޮންޓެކްޓް ޓްރޭސިން ހަދަން ދަތިވޭ: ޑރ. ނަޒްލާ
އެންމެ ފުރިހަމައަށް މައުލޫމާތު ނުދޭތީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މިރޭ ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު، ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ހެދުން ކަމަށާއި އެހެންނަމަވެސް އެކަން ކުރަން ދަތިވަނީ ރަނގަޅަށް ފުރިހަމަ މައުލޫމާތު ބައެއް ފަރާތްތަކުން ފޯރުކޮށްނުދޭތީ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ، މަސައްކަތް ކުރާ ތަންތަނާއި ދިމާވާ މީހުންނާއި އާއިލާގެ މީހުންގެ މައުލޫމާތު އެންމެ ރަނގަޅަށް ހިއްސާނުކުރާނަމަ، ކޮންޓެކްޓް ޓްރޭސިން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. 

"އަޅުގަނޑުމެން މިތާ ތިބޭއިރު ޓްރޭސް އެކީ އަޅާފައި ތިބި ބޭފުޅުން ނޫނީއްޔާ ނޭނގޭނެ އިތުރަކަށް އެބޭފުޅުން ވިދާޅުވާ މީހުންގެ އިތުރަކަށް އެއްވެސް މީހަކާއި ދިމާވި ކަމެއް،"

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ބައެއް ފަހަރު ހިއްސާކުރާ މައުލޫމާތަށް ވުރެ އިތުރަށް މީހުންނާއި ބައްދަލުވެފައިވާކަން އެނގޭ ކަމަށާއި އެގޮތުން ބައެއް ފަހަރު އެއްކޮށް އުޅޭ ހުރިހާ އާއިލާ މީހުންގެ މައުލޫމާތު ނުދޭ މީހުންނާއި ހައި ރިސްކް މީހުންނާއި ބައްދަލުވުމުން އެކަން ހިއްސާނުކުރާ މީހުންނާއި ހައި ރިސްކް ތަންތަނަށް ދިއުމަށް ފަހު އެކަން ހިއްސާނުކުރާ މީހުން ވެސް އުޅޭ ކަމަށެވެ. 

ޑރ. ވިދާޅުވީ އެގޮތަށް އަމަލުކުރާނަމަ އިތުރު ބަޔަކު ބައްޔަށް ހުށަހެޅިގެންދާ ކަމަށާއި އަދި ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް ވެސް ރަނގަޅަށް ކޮންޓެކްޓް ޓްރޭސިން ނެހެދޭނަމަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް