ads
އަމީތާބު އޭނާގެ ކާފަ ދަރިފުޅާއެކު--
އަމީތާބުގެ ހާލު އަދި ރަނގަޅު، އެކަމަކު ހާލަތު ގޯސްވެދާނެ: ހޮސްޕިޓަލް
ބޮލީވުޑުގެ ލެޖެންޑް އަމީތާބު ބައްޗަނަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން އަންނަކަން ރޭގެ ވަގުތެއްގައި އޭނާ އިއުލާންކޮށްފައިވާއިރު އޭނާގެ ސިއްހަތާއި މެދު ސަޕޯޓަރުންގެ ތިބީ ވަރަށް ކަންބޮޑުވެފަ އެވެ.

މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގައި އެޑެމިޓްކޮށްގެން އަމީތާބަށް ފަރުވާދެމުން އަންނައިރު ހިންދުސްތާނު ޓައިމްސްގައި އެތަނުގެ ޑޮކްޓަރަކާއި ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި އަމީތާބުގެ ހާލު އަދި ރަނގަޅެވެ. އެކަމަކު ކުޑަކޮށް ނޭވާލާން އުނދަގޫކަން ވެސް ޑޮކްޓަރު ފާހަގަކުރެ އެވެ. 

އުމުރުން 77 އަހަރުގެ އަމީތާބަށް ކޮވިޑް ޖެހިގެން ފަރުވާދެމުން އަންނައިރު ޑޮކްޓަރު ބުނީ، އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުކަމުން، އޭނާގެ ހާލަތު ވެސް ގޯސްވެދާނެ ކަމަށެވެ. 

ކޮވިޑް ޖެހުމުގެ ކުރިން ވެސް އަމީތާބު ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދީފައިވެ އެވެ، އެކަމަކު އޭރު ފަރުވާ ދިނީ ކޮން ބައްޔަކަށް ކަން އޭނާ ހާމައެއް ނުކުރެ އެވެ.  

އަމީތާބުގެ އިތުރުން އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، އަބީޝޭކްއަށް ވެސް ކޮވިޑް ޖެހިގެން އަންނަނީ ހަމަ އެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެެ. 

ހަތްދިހައިގެ އަހަރުތަކުގައި ވިދާލި އަމީތާބަކީ މިއަދު ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ކޮމެޑީ ޑްރާމާ، ގުލާބޯ ސިތާބޯ އިން އަޔޫޝްމަން ކުރާނާ އާއެކު އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ބްރަހްމަސްތުރާ" އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް