ads
މޮނާލީ ތާކުރު--
"ގޯލްޑް ޑިގާ" އެއް ކަމަށް ބުނުމުން މޮނާލީގެ ރައްދެއް!
ބޮލީވުޑުގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ، މޮނާލީ ތާކުރު، ވިޔަފާރިވެރިއަކާއި ކައިވެނިކުރުމުން ވަރަށް ފާޑުކިޔުންތައް އަމާޒުކުރި އެވެ. ތަފާތު އެކި ނަން ނަމުން މުހާތަބުކޮށް އޭނާއަކީ "ގޯލްޑް ޑިގާ" އެއްގެ ގޮތުގައި ވެސް ސިފަ ކުރި އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ކުރި ޕޯސްޓަކުން އޭނާ މިވަނީ އެމީހުންނަށް ވެސް ރައްދެއްދީފަ އެވެ. އެގޮތުން ސްވިޒަލޭންޑުގެ ހޮޓަލެއްގެ ވެރިއެއް ކަމަށްވާ މައިކް ރިޗާ އާ އޭނާ ކައިވެނިކޮށްގެން އުޅޭއިރު ކައިވެނީގެ ދުވަހުގެ ހަނދާނެއް ވެސް އާކުރި އެވެ. 

މޮނާލީ ބުނީ އެމީހުންގެ ކައިވެންޏަކީ ބޮޑު ޑްރާމާއަކާއެކު ކުރިއަށް ދިޔަ ކައިވެންޏެއް ކަމަށާއި އެގޮތުން ކައިވެނީގެ ހަފުލާ އޮތީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. އެންމެ ފަހު ވަގުތު ދެމީހުން ވެސް ތިބީ އެމީހުންގެ ސައިޒަށް ވުރެ ބޮޑު ހެދުމެއް ލައިގެން، ހީވީ ސްކޫލުގެ ކުޅިވަރަށްދާން ދެ މީހުން ތައްޔާރުވެގެން ތިބިހެން ކަމަށެވެ. 

އަދި ކައިވެންޏަށް މާބޮޑު ހަރަދެއް އެމީހުން ނުކުރާ ކަމަށާއި އެކަން ކަމަށް ވަގުތު ވެސް ނުލިބޭ ކަމަށް ބުންޏެވެ.

އެކަމަކު، ކައިވެނިކުރެވުމުން ވެސް ހިތްހަމަޖެހޭ ކަމަށާއި މައިކް ކަހަލަ ފިރިއަކު ލިބުމުން ޝުކުރުވެރިވާ ކަމަށް ވެސް މޮނާލީ ބުންޏެވެ.   

ވަރަށް ލޯތްބާއި އުފަލުން އެމީހުން ދިރިއުޅެމުން އަންނައިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް މީހުން ތަފާތު ނަންނަމުން ގޮވަމުންދަނީ ތިމާއަކީ ފެއިލިޔާއެއްކަމުން ކަމަށެވެ.

މޮނާލީ ބުނީ މައިކްއާއި އޭނާ ކައިވެނިކުރީ އޭނާގެ ކާމިޔާބީ އާއި އޭނާގެ ހިތްވަރުގެ އިތުރުން އޭނާގެ މިނިވަން ވެސް އޭނާއާއެކު ފާހަގަކުރަން ބޭނުންވާތީ ކަމަށެވެ. އަދި އެކަން ގަބޫލުކުރަން "ލޫޒާސް" އަށް ދަތިވެދާނެ ކަމަށެވެ. 

އެކަމަކު ނިންމާލަމުން އޭނާ ވަނީ އަދި މާވަރުގަދަ އެއްޗެއް ވެސް ބުނެފަ އެވެ. "ގޯލްޑް ޑިގާ" ކާމިޔާބު ވިޔަފާރިވެރިޔާއަށް ވުރެ ގިނައިން އާމްދަނީ ހޯދާ ކަމެވެ. އެކަމަކީ އޭނާއަށް އެގޮތަށް މުހާތަބުކުރި މީހުން މާޔޫސްވެދާނެ ކަމެއް ކަމަށާއި އެކަމަކު އެތަނުގައި ޑްރާމާ ނުޖައްސަން ވެސް ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް