ads
ޕޮޓޯ: ޕީއެސްއެމް--
އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް އަނެއްކާވެސް ބަދަލުކޮށްފި
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި އުޅޭ ނަރުހުންގެ ޔުނީފޯމަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެނެސްފިއެވެ.

2018 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެން އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ނަރުހުންގެ ޔުނީފޯމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ޖަހާފައި ހުރެއެވެ. ނަމަވެސް މިއަދުން ފެށިގެން ޑިއުޓީއަށް ނިކުތުމަށް ހަމަޖެހިފައިވަނީ އައު ޔުނީފޯމްގައެވެ. 

އައިޖީއެމްއެޗްގެ ނަރުހުން މިއަދުން ފެށިގެން ލާން ހަމަޖެހިފައިވަނީ ވިލު ނޫ ކުލައިގެ ޕްލޭން ޔުނީފޯމެކެވެ. ކުރީގެ ޔުނިފޯމާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނެތަސް ކުލަ ތަންކޮޅެއް މަޑުވެފައި އެއްވެސް ޑިޒައިނެއް އާ ޔުނީފޯމަކު ނުހުރެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ ނަރުހެއް ވިދާޅުވީ ކުރީގެ ޔުނީފޯމަށް ވުރެ މިހާރުގެ ޔުނީފޯމް މާ ފަސޭހަ ކަމަށެވެ. އެގޮތުން ކުރީގެ ޔުނީފޯމް ހުންނަނީ އަތް ކުރުކޮށް ކަމަށާއި، އާ ޔުނީފޯމް ހުންނަނީ އަތް ދިގުކޮށް ކަމަށް އޭނާ ބުންޏެވެ. އަދި ކުރީގެ ޔުނީފޯމާއި އެއްކޮށް ބުރުގާގެ ގޮތުގައި ބޭނުންކުރަނީ ވެސް ވިލު ނޫކުލައިގެ ވަށް ބުރުގާކަމަށާއި ޔުނީފޯމަށް މިއައި ބަދަލުތަކާއި އެކު ވަށް ބުރުގާގެ ބަދަލުގައި ޝޯލް އެޅޭނެކަމަށް ވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.

މިއީ ފަހުގެ ތާރީހެއްގައި އައިޖީއެމްއެޗްގެ ޔުނީފޯމް ބަދަލުކޮށްފައިވާ ތިންވަނަ ފަހަރުކަން ފާހަގަކުރެވެއެވެ. އެންމެ ކުރިން ނަރުހުން ބޭނުންކުރަމުން އައީ ހުދު ކުލައިގެ ޔުނީފޯމެވެ. ނަމަވެސް ހުދު ޔުނީފޯމް މާ އަވަހަށް ހަޑިވާތީވެ، އެ ޔުނީފޯމު ވަނީ މަޑު ނޫކުލައަކަށް ބަދަލުކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް