ads
ރ.ހުޅުދުއްފާރު--
ހުޅުދުއްފާރުން ވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެރަށު ކައުންސިލުގެ ރައީސް އަލީ ޖާވިދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ރޭ ފަތިހު އެ މީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން، އިއްޔެ ނެގި ސާމްޕަލުންނެވެ.

މިހާރު ދެވަނަ ސާމްޕަލެއް ނަގާފައިވާއިރު އޭގެ ނަތީޖާ ލިބޭނީ މިރޭ ކަމަށް ވެސް ޖާވިދު ވިދާޅުވެ އެވެ. 

ބައްޔަށް ޕޮޒިޓިވްވި މީހާ ހުރީ ހޯމް ކަރަންޓީނުގައި ވަކިން އެޕާޓްމަންޓެއްގަ އެވެ. މިއީ އެރަށުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. 

ރޭ ވަނީ އެއަތޮޅު ދުވާފަރަށް ހޯމް ކަރަންޓީނަށް ދިޔަ ތިން މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެމީހުން ޕޮޒިޓިވްވިކަން އިއްޔެ އެނގިފައި ވަނީ ބައްޔަށް ނެގެޓިވް ކަމަށް ބުނެ ދޫކޮށްލި ފަހުންނެވެ. އެގޮތުން އެރަށުގެ އިތުރުން، ރ. އަތޮޅުގެ ގިނަ ބަޔަކާއި އެމީހުން ކޮންޓެކްޓްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

މިހާރު ދުވާފަރު އޮތީ މޮނިޓަރިންގެ ހާލަތުގައި ނަމަވެސް ހުޅުދުއްފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވަނީ އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހާ، ރަށުގެ އެހެން ބަޔަކާއި ކޮންޓެކްޓްވެފައި ނުވާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް