ads
ސޯޝަލް މީޑިއާގައި އިލްމުވެރިން ޖަދަލުކުރުމުން ރައްޔިތުންތެރޭ ފިތުނަ އުފެދޭނެ: ނާޒިމް
ދީނީ ކަންކަމުގައި އާންމު ޕްލެޓްފޯމްތަކުގައި ދީނީ އިލްމުވެރިން ދެބަސްވުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭނެ ކަމެއްކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާއި ގުޅިގެން މިސްކިއްތައް ބަންދުކުރުމަށްފަހު ތިން މަސްފަހުން މާލޭގައި ޖަމާއަތުގައި ހުކުރު ކޮށްފައިވާއިރު ބައެއް ދީނީ އިލްމުވެރިން އަންނަނީ ގައިދުރުކޮށްގެން ނަމާދު ކުރުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބަހުސްކުރަމުންނެވެ. 

އެކަމާއި ގުޅިގެން ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދީނީ ކަންކަމުގައި އިލްމުވެރިން އާންމު ޕްލެޓްފޯމްތަކުގައި ދެބަސްވެ ޖަދަލު ކުރާކަމުގައި ވާނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް އޮޅުންއަރާ ފިތުނަ އުފެދި މުޖުތަމައުގައި ހަމަނުޖެހުން އުފެދޭނެ ކަމަށެވެ. 

"މުޖުތަމައުއަށް މަސްލަހަތު ހުރި ގޮތަކީ ދީނީ ކަންކަމުގައި މަޝްވަރާކޮށް އިލްމުވެރިން ނިންމަވާގޮތެއް އާންމު ކުރުން." ނާޒިމްގެ ޓްވީޓްގައި ވެއެވެ.

ޖަމާއަތުގައި ނަމާދު ކުރާއިރު އެހެން މުސްލިމް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުމާއި ގުޅޭގޮތުން އިލްމުވެރިން ސޯޝަލް މީޑިއާގައި އަންނަނީ ހިޔާޅު ފާޅުކުރަމުންނެވެ. އަދި ނަމާދު ކުރުމުގައި ގައިދުރުކަން ނުބަހައްޓާތީ އާންމުންގެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް