ads
ސްޓެލްކޯ އެޕުން ބިލް ދައްކާ ދިހަ ފަރާތަކަށް ފައިސާގެ އިނާމް ލިބުމުގެ ފުރުސަތު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ދިހަ ފަރާތަކަށް 1000 ރުފިޔާގެ އިނާމް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮމޯޝަން ހުޅުވާލެވިފައިވަނީ އޮންލައިން ކޮށް ބިލް ދެއްކުމަށް މީހުންނަށް ބާރުއެޅުމުގެ ގޮތުންނެވެ. ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މިދުވަސްވަރު އޮންލައިން ކޮށް ބިލްތައް ދެއްކުމަކީ މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވޭ މަސައްކަތްކަތެއްކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ޖުލައި މަހުގެ އެކަކުން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ ސްޓެލްކޯ އެޕް މެދުވެރިކޮށް ޖުލައި މަހުގެ ނިޔަލަށް ބިލް ދައްކާ ކަސްޓަމަރުންނަށެވެ. އަދި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ދިހަ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ އެ މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށް ވާން ނުޖެހޭ ކަމަށާއި އޭގެ ކުރީ މަހުގެ ބިލްތައް ދައްކައިގެން ވެސް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.

ސްޓެލްކޯގެ މި އެޕް ބޭނުންކޮށްގެން އޮންލައިންކޮށް ބިލް ދެއްކުމުގެ އިތުރުން ބިލަށް އަރާވަރުވެސް ހިސާބުކޮށްލެވޭނެއެވެ. އަދި ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވުން ގޮތް ބަލާލެވޭ އިރު، އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގަރައިޒް ކުރެވޭ ކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެޕް ބޭނުންކުރާ މީހުންނަށް ކޮންމެ މަހަކުވެސް ބިލް ލިބޭ އިރު އެޕް މެދުވެރިކޮށް ބިލް ޑައުންލޯޑްވެސް ކުރެވޭނެ އެވެ.

ހަމަމިއާއެކު ކޮވިޑް-19 އާއި ގުޅިގެން ބިލްތައް ދައްކަން ދަތި ފަރާތްތަކަށްވެސް ސްޓެލްކޯއިން ވަނީ ޕްރޮމޯޝަނެއް ހުޅުވާލާފައެވެ. އެގޮތުން މި މަހުގެ 19 ގެ ކުރިން ރެޖިސްޓާ ކޮށްފިނަމަ ބިލްތައް ބަހާލައިގެން ދެއްކޭނެ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް