ads
ފެމިލީ ކޯޓް--
ފެމެލީ ކޯޓްގެ ދެ މުވައްޒަފަކު ޕޮޒިޓިވްވެ 20 މުވައްޒަފުން ކަރަންޓީނަށް
ފެމިލީ ކޯޓްގެ ދެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވް ވެފައިވަނީ ފެމިލީ ކޯޓްގެ ހެންވޭރު އޮފީހުގައި މަސައްކަތްކުރާ ދެ މުވައްޒަފެކެވެ. 

ފެމިލީ ކޯޓްގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯޓުގެ ދެ މުވައްޒަފަކު ޕޮޒިޓިވްވި ކަން އަންގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 20 މުވައްޒަފަކު ކަރަންޓީން ކޮށްފައިވާކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. 

ނަޝީދު ވިދާޅުވީ އިއްޔެ ކޯޓު ޑިސްއިންފެކްޓް ކޮށްފައިވާކަމަށެވެ. އަދި މާދަމާ ހެންވޭރު އޮފީސް ހުޅުވައިގެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ. 

ރާއްޖެއިން އިއްޔެ ކޮވިޑް19 އަށް 43 ފަރާތެއް ޕޮޒިޓިވް ވެފައިވެއެވެ. މިއާއި އެކު ޖުމުލަ މި ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކުގެ އަދަދު ވަނީ 2664 އަށް އަރާފަ އެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވް ކޮށް ރާއްޖޭގައި ތިބީ 368 ފަރާތެކެވެ. އަދި މިބަލިން ޖުމުލަ 2268 ފަރާތް ރަނގަޅު ވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް