ads
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--
މިނިސްޓަރު އިމްރާނަށް ޖިންސީ ގޯނާގެ ތުހުމަތުކުރާ އޯޑިއޯގެ ސައްހަ ކަން ބަލަނީ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާ އޯޑިއޯ އެއްގެ ސައްހަކަން ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ އެ އޯޑިއޯގައި ވާފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށެވެ. 

އެހެންނަމަވެސް އެ ފަދަ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެ އޯޑިއޯގެ ސައްހަކަން ބަލަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދިފައިވެ އެވެ. 

ހޯމް މިނިސްޓަރު އިމްރާނަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާ އޯޑިއޯއެއް ލީކްވެފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަލީ ވަހީދު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. އަދި އެ މައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ވަނި ބަލާ ފާސްކޮށްފައެވެ. 

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.  

އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ރޭ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ވަނީ އެމީހުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް