ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް-- ފޮޓޯ: ރައީސް އޮފީސް
އެޗްއާރުސީއެމްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަނުގެ ރައީސްގެ އިތުރުން މެމްބަރު، އައިޝަތު އަފްރީން މަގާމުން މިއަދު އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކިކުރަމުގެ މަސައްކަތް، މަޖިލީހުގެ ޖެންޑާ ކޮމިޓީން ވެސް ކުރަމުންދަނިކޮށެވެ.

އޭގެ އިތުރުން ވެސް ކޮމިޝަނުގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް ކުރިމަތިލުމަށް ވެސް ރައީސް އޮފީހުން ހުޅުވާލާފައިވާއިރު އެ ކޮމިޝަނުގައި މިވަގުތު ތިއްބެވި މެމްބަރުން ޒިންމާ އަދާނުކުރާ ކަމުގެ ތުހުމަތު ޖެންޑާ ކޮމިޓީން ކުރެ އެވެ. 

އެޗްއާރްސީއެމްގެ މެމްބަރުން މަގާމުން ވަކިކުރުމަށް އެކުލަވާލި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެޗްއާރުސީއެމްގެ މެންބަރުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި މަޖިލީހުން މައުލޫމާތު ސާފު ކުރުމަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައި ނުވާކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ވެއެވެ. 

އަދި މީގެ އިތުރުންވެސް އާންމު އުސޫލުން ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އަދި އެޗްއާރުސީއެމްއަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައިނުވާކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް