ads
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯ ފަހު ވަގުތު ޔުވެންޓަސް ސަލާމަތް ކޮށްދީފި
ކްރިސްޓިއާނޯ ރޮނާލްޑޯ، ފަހު ވަގުތު ޖެހި ޕެނަލްޓީއަކުން އެޓްލާންޓާއާ އެއްވަރުވެ ލީގުގެ ތާވަލުގެ ކުރީގައި އަށް ޕޮއިންޓުގެ ލީޑެއް ޔުވެންޓަސްއިން ހޯދައިފި އެވެ.

ރޭ ޔުވެންޓަސްއާ އެޓްލާންޓާ ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސްއިން ޖެހި ދެ ލަނޑަކީވެސް ލިބުނު ދެ ޕެނަލްޓީން ރޮނާލްޑޯ ޖެހި ދެ ލަނޑެވެ. ރޭގެ ޕޮއިންޓާއި އެކު ޔުވެންޓަސް އޮތީ އެއްވަނައިގަ އަށް ޕޮއިންޓްގެ ފަރަގަކާއި އެކު ލީގު ހޯދުމާއި ކައިރީގަ އެވެ. ޓޭބަލްގެ ދެ ވަނައިގައި އޮތް ލާޒިއޯ ރޭ ވަނީ ސަސުއޯލޯ އަތުން 2-1 އިން ބަލިވެފަ އެވެ. ޔުވެންޓަސް 76 ޕޮއިންޓް ލިބިފައިވައިރު ލާޒިއޯއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ދެ ޓީމުންވެސް ކުޅެފައިވަނީ 32 މެޗެވެ.

ރޭގެ ދެ ލަނޑާއި އެކު ރޮނާލްޑޯވަނީ ލީގުގައި މިހާތަނަށް 28 ލަނޑު ޖަހާފަ އެވެ. އަދި ކޮވިޑާ ގުޅިގެން މެދު ކަނޑާލުމަށް ފަހު އަލުން ފަށައިގެން ކުޅުނު ލީގުގެ ކޮންމެ މެޗެއްގައި ވެސް ރޮނާލްޑޯވަނީ ލަނޑު ޖަހާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް