ads
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުން
ބޮޑުފިނޮޅުން ބިދޭސީން ބޭލުމުގެ އަމުރަކަށް އެދިއްޖެ
ބ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ، ބޮޑުފިނޮޅުގައި ތިބި ބިދޭސީން ބޭލުމުގެ އަމުރަށް، އެރަށުގެ ވެރިފަރާތް، ސީލް މޯލްޑިވްސް އިން އެދިއްޖެ އެވެ.

އެކުންފުނީގެ ގާނޫނީ ވަކީލު، ހަސަން ފަލާހް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި ތިބި، ބިދޭސީން އެރަށުން ބޭލުމުގެ އަމުރަކަށް އެދިފައި ވަނީ ބ. ތުޅާދޫ ކޯޓުގަ އެވެ. އެގޮތުން އެ މައްސަލައިގެ އަޑު އެހުމެއް މިއަދު ބޭއްވި ނަމަވެސް އަދި އެކަމާއި ގުޅިގެން ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.

އެރަށުގައި މިހާރު ތިބީ ރިޒް ކުންފުނީގެ 197 ބިދޭސީއެއް ކަމަށް ސީލް މޯލްޑިވްސް އިން ބުނި ނަމަވެސް އެމީހުންނާއި ހަވާލުވާން ދެކޮޅު ހަދާއި، ރިޒް އިން ބުނެފައި ވަނީ އެމީހުންނަކީ ބޮޑުފިނޮޅު ރިސޯޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ތިބި ބައެއް ކަމަށެވެ. 

މުވައްޒަފުންނަށް ހަ މަހުގެ މުސާރަ ނުދިން މައްސަލައާ ގުޅިގެން ބޮޑު ހަމަނުޖެހުމެއް އެރަށުގައި ހިނގިއިރު ރިޒް ކުންފުނީގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ ގޮތުގައި ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން 200 އެއްހާ މުވައްޒަފުން މަސައްކަތްކޮށްފައިވާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތު މީހުންގެ މުސާރައިގެ ގޮތުގައި ދޭންޖެހޭ 7000 ރުފިޔާ އާއި ކެއުމުގެ ހަރަދުގެ ގޮތުގައި ކޮންމެ މީހަކަށް ދުވާލަކަށް 40 ރުފިޔާ ދިނުމަށް ސީލް މޯލްޑިވްސް އިން އެއްބަސްވެފައިވާ ކަމަށެވެ.

އެކަމަކު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ނުދޭތާ މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ލޯކްރާފްޓުން ބުނެ އެވެ. އަދި ސީލް މޯލްޑިވްސް އިން އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެމުން އައި ނަމަވެސް ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަދީފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ބަޔާނަށް ރައްދުދެމުން ސީލް މޯލްޑިވްސްގެ ގާނޫނީ ޓީމު، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި  ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ މުޅި ރިސޯޓް އެއްކޮށް ތަރައްގީކުރަން ނޫންކަމަށާއި، އޭގެ ބަދަލުގައި، ކަނޑައެޅިފައިވާ ވަކި މަސައްކަތްތަކެއް ކުރުމުން ރިޒް ކުންފުންޏަށް ދައްކަން ޖެހެނީ 12.3 މިލިއަން ރުފިޔާ ނަމަވެސް 21.8 މިލިއަން ރުފިޔާ މިހާތަނަށް އެކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން މުސާރަ ނުދެވޭން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ. 

ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ އިންޝުއަރެންސް ކަންކަންވެސް ކޮންޓްރެކްޓަރުގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާކަމަށާއި، ވޯކް ވިސާ ވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ފާހަގަކުރެވޭ ކަމަށް އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައި ބުނެ އެވެ.   

ރިޒް ކުންފުނީގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުކޮށް އެމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް