ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު----
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ރޭގެ ވަގުތެއްގައި ފުލުހުން ތަހުގީގުކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ވަނީ އަލީ ވަހީދު ދިރިއުޅުއްވާ ގެ ވެސް ފުލުހުން ބަލާފާސްކޮށްފަ އެވެ. ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ދަށުން އެ ގެ ބަލާފާސްކުރުމަށް ފަހު އަލީ ވަހީދުގެ އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. 

ފުލުހުން މިއަދު ބުނީ އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުރުން މަނާކޮށްފައިވާ ކަމަށެވެ. 

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވީ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެކަމަކު މަގާމުން އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި ދުވަހު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވި ގޮތުގައި އަލީ ވަހީދު މަގާމުން ވަކި ކުރެއްވީ އަހުލާގީ މައްސަލައަކާއި ގުޅިގެންނެވެ. 

އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި ރޭ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ވަނީ އެމީހުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅާފަ އެވެ. ފުލުހުން މިރޭ އެ ގޭ ބަލާއި ފާސްކުރަމުންދަނީ އެމައްސަލައާ ގުޅިގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް