ads
މާލެ ސިޓީ
ގެސްޓްހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ހުއްދަ ނުނަގާ، ގެސްޓްހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު 17:51 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ގެއަކީ ހުއްދަ ނުނަގާ ގެސްޓް ހައުސްއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެތަނުގައި މަރުވެފައި ވަނީ އިންޑިއާގެ ފިރިހެނެކެވެ. 

އެ މައްސަލައާ ގުޅިގެން މިހާރު ވެސް ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނައިރު އެހާދިސާގެ ތަފްސީލު ފުލުހުން ހިއްސާކޮށްފައެެއް ނުވެ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް