ads
ސާމްޕަލް ނަގަނީ--
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 60 އިން މަތީގައި
ރާއްޖެއިން އިތުރު 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. 

އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 53 ދިވެއްސަކު ހިމެނޭއިރު ދެން ހިމެނެނީ 14 ބަންގްލަދޭޝް މީހެއްގެ އިތުރުން އިންޑިއާ މީހެކެވެ.

އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު، 2371 އަށް އަރާފައިވާއިރު މިއަދު އިތުރު 16 މީހަކު ބަލިން ރަނގަޅުވެ ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2284 އަށް އަރާފަ އެވެ.

މިހާރު ރާއްޖެއިން ފަރުވާދެމުން އަންނަނީ 419 މީހަކަށެވެ. އޭގެ ތެރެއިން 22 އަކަށް މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު ރޭގެ ޕްރެސްގައި ޑރ. އަލީ ލަތީފް ވަނީ ދިވެހިންނަށް ބަލި ޖެހޭ މިންވަރު އިތުރުވުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

ޑރ. އަލީ ވިދާޅުވި ގޮތުގައި ދިވެހިންނަށް ބަލި ޖެހޭ މިންވަރު އިތުރުވެގެން ދިއުމަކީ ނުރައްކާތެރި ސިންގްނަލެކެވެ. އެއީ ދިވެހިންގެ ތެރޭގައި ޒުވާނުންކީ ވެސް ތަފާތު އެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުން ކަމުންނެވެ. އެހެންކަމުން ކަމާއި ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލެނބުމަށް ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް