ads
ފޮޓޯ: އެމްބީއާރު--
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެއްޖެ
މިދިޔަ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ ކުރީ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 21 އިންސައްތަ ދަށްވެވެފައި ވާކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިމްޕޯޓް އެކްސްޕޯޓުން މި އަހަރު ދައުލަތަށް ލިބިފައިވަނީ 211 މިލިއަން ރުފިޔާގެ ފައިދާއެކެވެ. މިއީ ކުރީ އަހަރާއި އަޅާ ބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ. އިމްޕޯޓް އެކްސްޕޯޓުން މިދޔަ އަހަރު ދައުލަތަށް ލިބިފައި ވަނީ 266 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު ޖޫންމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފްގެ ގޮތުގައި ލިބިފަައި ވަނީ 3.3 ބިލިއަން ރުފިޔާއެވެ. މިއަހަރު ޖޫން މަހު ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާއެވެ. މިއީ ކުރީ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 36 އިންސައްތަ ދަށް އަދަދެކެވެ.

އެކްސްޕޯޓް ކުރެވުުނު ނިސްބަތަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓް ކުރެވިފައި ވަނީ 326 މިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރު މިއަދަދު 33 އިންސައްތައަށް ދަށްވެ އެކްސްޕޯޓް ކުރެވިފައިވާ މުދަލުގެ އަގު ވަނީ 217 އަށް ތިރިވެފަ އެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ލަންކާކަމަށް ކަސްޓަމްއިން ބުނެ އެވެ. އެގޮތުން ޗައިނާއިން 379 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު އިންޑިއާއިން 317 މިލިއަން ރުފިޔާ އެތެރެ ކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އަދި ސިންގަޕޫރުން 231 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް މުދާ އެތެެރެކުރުމަށް 79 އުޅަނދެއް އައިސްފައިވެ އެވެ. އެހެންނަމަވެސް މިއަހަރު އައިސްފައިވަނީ 64 އުޅަނދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް