ads
ކަންގަނާ އާއި ކަރަން--
ނެޕޮޓިޒަމްގެ ބަހުސަށް ރަމަންގެ ވަރުގަދަ ރައްދެއް ކަންގަނާއަށް!
ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު ފެށިފައިވާ "ނެޕޮޓިޒަމް' ގެ ބަހުސްގައި އެންމެ އިސްކޮށް ފެނިގެންދަނީ ބަތަލާ ކަންގަނާ ރަނައުތެވެ. ގިނަ އާންމުން ކަންގަނާއަށް ތާއީދުކުރިޔަސް ފިލްމީ ދާއިރާގައި އޭނާގެ ކޮޅަށް އަރައި ވާހަކަ ދައްކަމުން އަންނަނީ މަދު މީހެކެވެ. ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، "ޔޭ ހޭ މޮހޮއްބަތެއިން" އިން ރަމަންގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ދަމައިގަތް ރަމަން ވެސް މިވަނީ ކަންގަނާއަށް ވަރަށް ބޮޑަށް ފާޑުކިޔާއި ރައްދެއްދީފަ އެވެ.

ސީދާ ކަންގަނާގެ ނަން ހާމަނުކޮށް ކަރަން ބުނީ، މިފަހަކުން އަންހެން ތަރިއަކު ނެޕޮޒިޓަމްއާ ގުޅިގެން ވަރަށް ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެގޮތުން އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް އޮންނަ ކަމަށެވެ. އެކަމަކު އެތަނުގެ ފިލްމަކުން ސުޝާންތު ނުފެންނަ ކަމަށާއި ސުޝާންތާ މެދު އެހާ ވިސްނާނަމަ އެ ފުރުސަތު އޭނާއަށް ނުދިނީ ކީއްވެތޯ ކަރަން ސުވާލު އުފައްދަ އެވެ. 

އާ މީހަކަށް އެތަނުން ވެސް ފުރުސަތު ނުދޭއިރު ނެޕޮޓިޒަމްގެ ވާހަކަ އެވަރަށް ދައްކަނީ ކީއްވެތޯ ސުވާލު އުދައްދަމުން ކަރަން ބުނީ، އެހާ ރަނގަޅުނަމަ އާކުއްޖަކަށް ފުރުސަތު ދެވިދާނެ ކަމަށެވެ.

އޭގެ އިތުރުން ކަރަން ބުނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްގައި ތިބީ ހުސް އާއިލާ މީހުން ކަމަށާއި އެގޮތުން ފެންނަނީ ދައްތަ [ރަންގޯލީ] އެ ވިޔަފާރި ބަލަހައްޓަމުން އަންނަ މަންޒަރު ކަމަށެވެ. އޭގެ ބަދަލުގައި އާ ކުއްޖަކު ނުވަތަ އެ ދާއިރާއިން ކިޔަވާފައި ހުރި ކުއްޖަކު ހޯދާއި އެ ޕްރޮޑަކްޝަން ހައުސްއިން ވަޒީފާ ނުދެވިގެން އުޅެނީ ކީއްވެތޯ ކަރަން ސުވާލު އުފައްދަ އެވެ.

މީގެ މަސްތަކެއް ކުރިން ކަންގަނާ ވަނީ އޭނާގެ "މަނިކަރްނިކާ ފިލްމްސް" ގެ ނަމުގައި ޕްރޮޑަކްޝަން ހައުސެއް ހިންގަން ފަށާފަ އެވެ. އޭނާގެ ފިރިހެން ކޮއްކޮ، އަކްޝްތު ރަނޯތު އަންނަނީ އެ ޕްރޮޑަކްޝަން ހައުސްގެ ފައިނޭންސްގެ ކަންކަން ބަލަހައްޓަމުންނެވެ. އަދި އޭނާގެ ދައްތަ ރަންގޯލީ ވެސް އެތަނުގެ މަސައްކަތްތަކުގައި އިސްކޮށް އުޅޭ މަންޒަރު ފެނިގެންދެ އެވެ.  

ކަންގަނާއަށް ކަރަން ވަރުގަދަ ރައްދެއް ދިންއިރު އާންމުކޮށް ކަންގަނާ ފެނިގެންދަނީ މިގޮތަށް މީހުން، އޭނާއާ ގުޅިގެން ދައްކާ ވާހަކަތަކަށް ރައްދުދޭ ތަރިއެއްގެ ގޮތުގަ އެވެ. އެކަމަކު އަދި މިހާތަނަށް މިކަމުގައި ވަކި އެއްޗެއް ނުބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް