ads
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު-- ފޮޓޯ: ރައީސް އޮފީސް
ތައުލީމުގެ ބިލަށް ފަސްޓް ލޭޑީގެ ހިޔާލް: ސްޓޫޑެންޓް، ޓީޗާ ރޭޝިއޯއެއް ކަނޑައެޅުން
ތައުލީމުގެ ބިލެއް އެކުލަވާލާއިރު އެއް ޓީޗަރަކަށް އެންމެ ގިނައިން ބެލެހެއްޓޭނެ ދަރިވަރުންގެ އަދަދެއް ކަނޑައަޅާ ރޭޝިއޯއެއް އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ވަނީ ފޯރަމެއް ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމްގައި ރައީސްގެ އަނބިކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެގޮތުން ތައުލީމުގެ ބިލަށް ޚިޔާލު ހުށަހަޅުއްވަމުން، ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ފަޒްނާ ވިދާޅުވީ، ތައުލީމުގެ ބިލެއްގައި އެއް ޓީޗަރަކަށް އެންމެ ގިނައިން ބެލެހެއްޓޭނެ ދަރިވަރުންގެ އަދަދެއް ކަނޑައަޅާ ރޭޝިއޯއެއް އޮތުން މުހިންމު ކަމަށެވެ. 

ފަޒްނާ ވިދާޅުވީ ކުދިން ސްކޫލަށް ވެއްދުމަށް އެދުމުން ވަރަށް ގިނައިން ޖަވާބެއްގެ ގޮތުގައި ކްލާހުގައި ޖާގަ ނެތްކަމަށް ބުނާކަމަށެވެ. އެހެން ނަމަވެސް ކްލާހެއްގައި ތިބޭނޭ ކުދިންގެ އަދަދު ނުވަތަ ޓީޗަރަކަށް އެންމެ ގިނައިން ބެލޭނޭ ކުދިންގެ އަދަދު އިނގޭނޭ ގޮތަށް ރޭޝިއޯއެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފަޒްނާގެ ޚިޔާލަށް ފޯރަމްގެ ޕެނަލްގައި ބައިވެރިވި ބޭފުޅުން އެއްބަސްވެލެއްވި އެވެ. އެގޮތުން އެވާހަކައަށް ތާއިދުކޮށް ވާހަކަ ދައްކަވަމުން މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވީ، ފަސްޓް ލޭޑީ ފަޒްނާ ފާހަގަ ކުރެއްވި ނުކުތާއަކީ މުހިންމު ނުކުތާއެއް ކަމަށާއި، އަދި އެކަމަކީ ތައުލީމުގެ އާންމު މިންގަނޑުގައި އޮންނަންޖެހޭ ކަމެއްކަމަށެވެ. 

your imageއިބްރާހިމް އިސްމާއީލް (އިބްރާ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އެއް ޓީޗަރަކަށް އެއް ކްލާހެއްގައި އެއްވަގުތަކު ކިތައް ކުދިންނަށްތޯ އެންމެ ގިނައިން އެކަށީގެންވާ ސަމާލުކަން ދީގެން ގެންގުޅެވޭނީ." އިބްރާ ވިދާޅުވި އެވެ.

ދުނިޔޭގެ ހުރިހާތަނެއްގައި ވެސް ސްޓޫޑެންޓް، ޓީޗާ ރޭޝިއޯއެއް ކަނޑައެޅިފައި ހުންނާނެ ކަމަށާއި، އަދި އެކި އުމުރުފުރާތަކަށް ވެސް ބެލިގެން ކަނޑައެޅިފައި ހުންނަކަމަށް އިބްރާ ވިދާޅުވި އެވެ. 

މީގެ އިތުރުން އިބްރާ ވިދާޅުވީ ސްކޫލެއްގައި ވެސް އެންމެ ގިނަވެގެން ތިބޭނޭ ކުދިންގެ އަދަދު ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުން ޓީޗަރަކަށް އެންމެ ގިނައިން ބެލެހެއްޓޭނެ ދަރިވަރުންގެ އަދަދެއް އޮންނަ ފަދައިން ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ބެލެހެއްޓޭނޭ ކުދިންގެ އަދަދެއް ވެސް އޮންނާނެކަން އިބްރާ ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް