ads
ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ ރައީސް މިއަދު ހެނދުނު އިސްތިއުފާ ދީފައިވާކަމަށް މަޖިލީހަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ސީއެސްސީގެ ރައީސް ޑރ. ޝަމީމް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރުނެތްކަމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ. ޑރ. ޝަމީމްގެ އިތުރުން އެކޮމިޝަންގެ އިތުރު ތިން މެމްބަރެއްގެ ވެސް އިތުބާރު ނެތްކަމަށް ވޯޓަށް އެހުމަށް ކޮމިޓީން އޮތީ ނިންމާފައެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމެޓީީން ވަކިކުރުމަށް ނިންމާފައިވާ ހަތަރު ފަރާތަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިނެވެ 

ސީއެސްސީގެ މައްސަލަ ބޮޑުވެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ގިނަ މިނިސްޓަރުންތަކެއް ވެސް ވަނީ ހާޒިރުވެ ސީއެސްސީގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ފާހަގަކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް