ads
ދީޕިކާ އާއި ރަންވީރު
ރަންވީރު މިހާރު ދިރިއުޅެނީ ދީޕިކާ އާ ވަކިން އެހެން ގެއެއްގައި
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގު މިހާރު ދިރިއުޅެނީ އޭނާގެ އަންހެނުން އަދި އެކްޓަރެސް ދީޕިކާ ޕަޑުކޮން އާ ވަކިން، އެހެން ގެއެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރަންވީރު ސިންގު މިހާރު ދިރިއުޅެނީ އޭނާގެ އަންހެނުން އަދި އެކްޓްރެސް ދީޕިކާ ޕަޑުކޮންއާ ވަކިން، އެހެން ގެއެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ރަންވީރު މިހާރު ޔަޝް ރާޖް ޕްރޮޖެކްޓެއް ކަމަށްވާ "ޖަޔޭޝްބާއީ ޖޯރްދާރް" ޝޫޓިން ފަށަފައިވާއިރު އެޕްރޮޖެކްޓުގައި މަސައްކަތްކުރާ ފަރާތެއްގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް މައުލޫމާތު ދިން ގޮތުގައި ފިލްމުގެ ޝޫޓިންގެ ސަބަބުން ރަންވީރު ވަނީ ގެ ބަދަލުވެފަ އެވެ.

ފިލްމުގެ ޝޫޓިން ފިލްމު ސިޓީގައި ކުރިއަށް ގެންދާއިރު ރަންވީރާއި ދީޕިކާ އުޅޭ ގެ ހުންނަނީ ޕްރަބާދޭވީ ގައެވެ. އެގޮތުން ފިލްމުގެ ޝޫޓިން ނިމެންދެން ރަންވީރު އުޅޭނީ މުމްބާއީގައި ހުންނަ ގޭގައި ކަމަށް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ގައެވެ.

ދީޕިކާ މިހާރު އަންނަނީ އަންނަ އަހަރު ޖެނުއަރީ މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ޗަޕާކް" ގައި މަސައްކަތް ކުރަމުންނެވެ. ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ "83" އިންނެވެ.

އެފިލްމުގައި ލީޑު ރޯލުން ރަންވީރު ފެނިގެންދާއިރު އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ ދީޕިކާ އެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް