ads
ފޮޓޯ: އެމްޓީސީސީ
ހޯރަފުށި ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި
ހއ. ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތާއި 8،103 ސްކުއެއާ މީޓަރުގެ ސަރަހައްދެއް ކޮމްޕެކްޓު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމެވެ. އަދި އެ މަޝްރޫއުއަށް ބޭނުންވާ ސަރަހައްދު އެކްސްކެވޭޓު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ ދަށުން ކާނު އުކާލުމާއި ސޯކް ޕިޓެއް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކާބް ސްޓޯން އެޅުމާއި ޕޭމަންޓު ގާ އިންސްޓޯލް ކުރުން ވެސް ހިމެނެއެވެ.

ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރްމެންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. މި މަސައްކަތް ފަށާފައި ވަނީ މި އަހަރު ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

އެ ޕްރޮޖެކްޓަށް 2.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް