ads
ކުރިން ދުވަހެއްގައި ހުޅުމާލޭގައި ބިދޭސީން މުޒާހަރާކުރަނީ-- ފޮޓޯ: ސީއެންއެމް
ފުލުހުންނަށް ބިދޭސީން އޮށްގަލުން ހަމަލާ ދީފި
މުސާރަ ނުލިބޭތީ ބިދޭސީން ހުޅުމާލޭގައި މުޒާހަރާކުރަނީ
މުސާރަ ނުލިބޭ މައްސަލައާ ގުޅިގެން ހުޅުމާލޭގައި މިއަދު ހެނދުނު ފެށި މުޒާހަރާ ހޫނުވެ އެއްވެސް ބިރެއް ނެތި އޮށްގަލުން ހަމަލަދީ ބިދޭސީން ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގައިފި އެވެ.

މުޒާހަރާ ކުރަމުންދާ ސަހަރަހައްދަށް ފުލުހުން ކައިރިވިޔަ ނުދެވޭގޮތަށް ފުލުހުންނާ ދިމާލަށް ގާ އުކާ ކުރިމަތިލުން ހިންގުމުގެ ސަބަބުން ވެހިކަލްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވަނީ ވެފައެވެ. ބޮޑެތިވެފައިވާ ބިދޭސީންގެ ފަރާތުން ފުލުހުންނާ ދިމާލަށް ގަލާ އެ ނޫން ވެސް އެއްޗެހި އުކި ކަމަށް ވެއެވެ.

މުސާރަ ނުލިބިގެން އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުންތަކެއް މީގެ ކުރިން ވެސް ހުޅުމާލޭގައި މުޒާހަރާކޮށްފައިވާއިރު ފުލުހުން ބުނީ މިއަދު ވެސް މުސާރަ ނުލިބޭ މައްސަލަައާ ގުޅިގެން، އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުންތަކެއް މުޒާހަރާކޮށްފައިވާ ކަމަށެވެ. 

އެ މުޒާހަރާގައި ފުލުހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި ފުލުހުންގެ ވެހިކަލްތަކަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހަމަނުޖެހުން މިހާރު ކޮންޓްރޯލްކޮށްފައިވާއިރު ފުލުހުން ބުނީ މިހާރު މުޒާހަރާކުރަމުންދިޔަ ބިދޭސީން ތިބީ އެކުންފުނީގެ ލޭބާ ކުއާޓާގައި ކަމަށެވެ.

މީގެ ކުރިން ވެސް ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ވަނީ މުސާރަ ނުލިބިގެން، އެ ސައިޓުގައި ތިބެ މުޒާހަރާކޮށްފަ އެވެ. އަދި މިިދިޔަ ހަފުތާގައި ވަނީ ހުޅުމާލޭގެ އައިލްސް ރެސިޑެންޓް ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ. 

އެ ދުވަހުގެ މުޒާހަރާގައި ވެސް ފުލުހުންގެ އަމުރަށް ކިޔަމަންތެރިނުވުމުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް