ads
މަޖިލީހުގެ ކޮމެޓީއެއްގައި އެލްޖީއޭގެ މެންބަރުންތަކެއް: ފޮޓޯ / މަޖިލިސް
އެލްޖީއޭ އިން ކުރާ މަސައްކަތުގެ ރިޕޯޓް ކޮންމެ ހަފުތާއަކު އާންމުކުރަނީ
ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކޮންމެ ހަފްތާއަކުވެސް ކުރަމުންދާ މަސައްކަތްތައް އާންމުކުރުމަށް ނިންމައިފި އެވެ.

އެލްޖީއޭގެ ޗީސް އެގްޒެކިއުޓިވް އޮފިސަރު އަފްޝަން ލަތީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެށުށް ފެންނަގޮތަށް ކަންކަން ހާމަކުރުމަކީ އެލްޖީއޭގެ ހިންގުމަށް ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ހަފްތާއަކު ކުރާ މަސައްކަތްތަކުގެ ރިޕޯޓު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށް އަފްޝަން ވިދާޅުވި އެވެ.

އެލްޖީއޭގައި މިދިޔަ ހަފްތާގައި ކުރެވުނު މަސައްކަތްތައް އާންމުކޮށްފައި ވާއިރު ރާއްޖެ ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ހިންގަމުންދާކަން ކަށަވަރުކުރުމަށްޓަކައި އަތޮޅުތައް ހަތް ބެޗަކަށް ބަހާލައިގެން، ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން ކައުންސިލަތަކަށް ބޭނުންވާ، ސެނިޓައިޒާ އާއި އަންގި އަދި މާސްކު ކައުންސިލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތާއިި ހިޔާ މަޝްރޫގެ ދަށުން ފްލެޓަށް އެދިފައިވާ މީހުންގެ ތެރެއިން އަތޮޅު ތެރޭގައި ދިރިއުޅެމުންދާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްވެސް މިދިޔަ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދެވިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ގައުމުގެ އިގްތިސޯދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ކޯޕަރޭޓިވް ސޮސައިޓީތަކާ ކައުންސިލްތައް ގުޅިގެން ވަނީ ދަނޑުވެރިކަމާއި ބެހޭ ފުރުސަތުތައް ދެނެގަތުމުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ބާއްވާފައިވެ އެވެ. އަދި މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގައި އެލްޖީއޭއިިން ކުރަމުންދާ މަސައްކަތާއި ކުރެވިފައިވާ މަސައްކަތުގެ ތަފްސީލީ ރިޕޯޓެއް އާންމުކުރައްވާނެ ކަމަށް އަފްޝީން ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް