ads
ސީއެސްސީ ގެ ރައީސް އަދި ނައިބު ރައީސް--
ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ޝަހީދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދު އިސްތިއުފާ ދެއްވާފައިވާއިރު މިއަދު ހެނދުނު ވަނީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އަދި ކޮމިޝަން މެމްބަރު ޒަކަރިއްޔާ ހުސައިން މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ސީއެސްސީގެ ރައީސް އާއި ދެ މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އެފަރާތްތަކުގެ އިތުބާރުނެތްކަމަށް ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނިކޮށެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމެޓީީން ވަކިކުރުމަށް ނިންމާފައިވާ ހަތަރު ފަރާތަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިނެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް