ads
ސިޓީގެ ވެރިޔާ ޝެއިޚް މަންޞޫރު އަދި ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ސަސްޕެންޝަން ބާތިލު!
މެންޗެސްޓާ ސިޓީން، ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އަދި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ދެ އަހަރު ދުވަހަށް ޔުއެފާގެ މުބާރާތްތަކުން ކޮށްފައިވާ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއިން މިއަދު ބާތިލުކޮށްފި އެވެ.

މެންޗެސްޓާ ސިޓީގެ ސަސްޕެންޝަނާއި ގުޅިގެން އެ ކްލަބުން ޔުއެފާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް މިދިޔަ ޖޫން މަހު ނިންމައި، ކުޅިވަރުގެ އެންމެ މަތީ ކޯޓުން މިއަދުވަނީ އެ ސަސްޕެންޝަން ބާތިލުކޮށްފައެވެ. ޔުއެފާގެ ސަސްޕެންޝަން ބާތިލުކުރުމާއި ގުޅިގެން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު މެންޗެސްޓާ ސިޓީއަށްވަނީ ލިބިފަ އެވެ.

ފައިނޭންޝަލް ފެއާޕްލޭގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ދެ އަހަރު ދުވަހަށް ޔުއެފާގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޔުއެފާގެ މިނިވަން ތަހުގީގަކަށް ފަހު، މެންޗެސްޓާ ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރުމުގެ އިތުރުން ތިރީސް މިލިއަން ޔޫރޯއިންވަނީ ޖޫރިމަނާކޮށްފަ އެވެ. މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްގައި ކުރިއަށް ގެންދިޔައީ ވަރޗުއަލްކޮށެވެ.

ސްވިޓްޒަލަންޑްގެ ލޯސޯންގައި ގާއިމްކޮށްފައިވާ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސްއަކީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ހުށަހަޅާ ބައިނަލްއަގްވާމީ ކޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް