ads
އެ ރަސްމިއްޔާތުގެ ތެރެއިން--
ޖެންޑާއިން ބޭއްވި ބޮޑު ބައްދަލުވުމަކުން މީހަކު ޕޮޒިޓިވް
"ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަން" ގެ ނަމުގައި ދެ އަހަރުގެ ދުވަހުގެ މުއްދަތު ކެމްޕެއިނެއް ފެށުމަށްޓަކައި ބޭއްވި މަޝްވަރާ ބައްދަލުވުމުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތެކެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރޭ އެކަން، އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އަންގައި، އެކަހެރިވުމަށް ވެސް އަންގާފަ އެވެ. 

ޖިންސީ ގޯނާއާ ދެކޮޅަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ކެމްޕޭންނާއި ގުޅޭގޮތުން ކަމާ ގުޅޭ ފަރާތަކާއެކު މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އެ ބައްދަލުވުން އޮތީ ސްޓެލްކޯ ސެމިނާ ރޫމްގަ އެވެ. 

ޖެންޑާ މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްުޔާތުގައި ޔުނިސެފާއި، މަޖިލީހުގެ ނައިބު ރައީސްއާއި އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލުގެ އިތުރުން ފުލުހުންނާއި، ޖޭއެސްސީން، ސަރުކާރު ބައެއް މިނިސްޓްރީތަކާއި، އެޗްޕީއޭގެ އިތުރުން 13 އެންޖީއޯއިން ބައިވެރިވެފައިވެ އެވެ.

އެކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ބަލި ޖެހުނު މީހާއާއި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާއި ޑައިރެކްޓް ކޮންޓެކްޓްނުވާ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. 

އެ މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށާއި އެގޮތުން އިޖުތިމާއީ ގައިދުރުކަމަށް ވެސް ވަރަށް ބޮޑަށް ބަލާފައިވާ ކަމަށާއި އަދި ބައިވެރިން ވެސް ތިބީ މާސްކް އަޅައިގެން ކަމަށެވެ. 

އެ ރަސްމިއްޔާތުގައި ނޫސްވެރިން ވެސް ބައިވެރިވެފައިވެ އެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް