ads
ދަތްތައް
އާފަލަކީ ދަތަށް ޖަވާހިރެއް ފަދަ މޭވާއެއް!
ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ރަނގަޅު ކާނާ ކެއުމެކޭ އެއްފަދައިން އަނގައި ތެރެ ސާފުކޮށް ބެހެއްޓުމަކީ ވެސް ނުހަނު މުހިއްމު ކަމެކެވެ. އަނގައި ތެރެ ސާފުކުރުމުގެ ގޮތުން ދަތްތައް ރަނގަޅަށް ސާފުކޮށް ބެހެއްޓުން މުހިއްމެވެ. ސަބަބަކީ މިއީ އަނގަ ތެރޭގައި ހުންނަ ޖަރާސީމު މަދު ކޮށް ދޭ ކަމެކެވެ. އެގޮތުން ދަތްތައް ވަރުގަދަ ކޮށްދީ، ސާފުކޮށް ބެހެއްޓުމަށް ކެވިދާނެ ބައެއް ކާނާގެ ބާވަތްތައް އެނގެނީ ކިހާވަރަކަށްތޯ އެވެ. އާފަލަކީ ދަތަށް ޖަވާހިރެއް ފަދަ މޭވާއެއް! އާފަލުގެ ފޮނިކަން ދަތަށް އަދި މާ ފޮނި!

އާފަލަކީ މީގެ ތެރޭގައި އެކުލެވޭ ކާނާ އެކެވެ. އާފަލަށް ގުދުރަތީ ދަތް އުނގުޅާ ބުރުސް ވެސް ކިޔާ އުޅެއެވެ. މިހެންކަމުން ކްރިސްޕް އެތައް މޭވާއެއްގެ އިތުރުން ކެރޮޓާއި ސެލެރީ ފަދަ ރޯ ތަރުކާރީ އަކީ ޕްލޭގް އަދި ޓަރްޓަރް ދަތުން ނައްތާލައިދޭން އެހީތެރިވެދޭ ކާނަ އެވެ. އަދި މިއީ ދަތްފަނި ކެއުމަށް މަސައްކަތް ކުރާ ޖަރާސީމުތައް ނައްތާލައިދީ، ދަތްތަށް ސާފުކޮށްދޭ އެއްޗެއްވެސް މެއެވެ.

ވިޓަމިން ސީ އެކުލެވިގެންވާ ބާވަތްތަކަކީ ހިރުގަނޑު ރައްކާތެރި ކޮށްދޭ ބާވަތްތަކެވެ. އޭގެ ތެރޭގައި އޮރެންޖް، ލުނބޯ، ކޮރިއަންޑާ، ކިއުކަމްބާ އަދި އަލަނާސި ހިމެނެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، އޯރަލް ކެވިޓީގައި އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތް ކުރާ އެއްޗެއްވެސް މެއެވެ.

ސްޓޯބެރީއަކީ ދަތްތައް ހުދުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މިއީ ދަތްތައް ހުދުކުރުމަށް މަސައްކަތް ކުރާ އެންޒައިމެއް އެކުލެވިގެންވާ ކާނާއެކެވެ. އެގޮތުން ދަތްތަށް ހުދު ކުރުމުގައި ދަތުގައި ސްޓޯބެރީ އުނގުޅާށެވެ. ނުވަތަ މީގެން ޕުރީއެއް ހެދުމަށްފަހު އެ ޕޭސްޓުގަނޑު ދަތްތަކުގައި އުނގުޅާށެވެ.

ސްޓޯބެރީ އެކޭ އެއްފަދައިން ދޮންކެޔޮ އަކީ ވެސް ދަތްތަކަށް ޖަވާހިރެއް ފަދަ މޭވާއެކެވެ. ދޮންކެޔޮ ތޮށީގެ އެތެރެ ބައި ދެ މިނެޓު ވަންދެން ދަތްތަކުގައި އުނގުޅާށެވެ. މިކަންތައް ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު ތަކުރާރު ކުރަން ވާނެއެވެ. މިއީ ދަތް ހުދުކޮށްދޭ ކަމެއް ކަމަށް ފާހަގަކޮށްލެވެއެވެ.

މަހުގެ ބާވަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ކާނާއެކެވެ. އެގޮތުން މިނަރަލްސް އަދި ވިޓަމިން ޑީ އިން މުއްސަނދި މި ކާނާއަކީ ދަތްތަކަށް އެތައް ފައިދާ ތަކެއް ކުރާނެ ކާނާ ތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް