ads
ސާމްޕަލް ނަގަނީ--
އިތުރު 31 މީހުން މިއަދު ޕޮޒިޓިވްވެއްޖެ
މިއަދު އިތުރު 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 31 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ އަށް މީހަކާއި އިންޑިއާ މީހެކެވެ.

އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 2762 އަށް އަރާފައިވާއިރު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2290 އަށް އަރާފަ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ފަރުވާދެވެމުންދަނީ 444 މީހަކަށެވެ. މީގެ ތެރެއިން 382 މީހުން އައިސޮލޭޝަންގައި ތިއްބި ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 70 މީހުން ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލީގައި ރާއްޖޭގައި މިހާތަނަށް މަރުވެފައި ވަނީ 13 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް