12947
CONFIRMED

DEATHS
11781
RECOVERED
🌏62,244,181
INFECTED
🌏39,801,717
RECOVERED
🌏1,452,410
DEATH
🌏64%
RECOVERY RATE
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން--
މާސްކް އެޅުން މަޖުބޫރުކޮށްދޭން އެމްއާރުއެމް އިން އެދިއްޖެ
Share
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ، މާސްކް އަޅައިގެން ބޭރަށް ނިކުތުން މަޖުބޫރުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.
Advertisement

އެކަމާއި ގުޅިގެން އެމްއާރުއެމްއިން ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ބުނީ ކޮވިޑް-19 ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރެއްވުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ، އެ ޕާޓީން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ފިޔަވަޅު ތަކެއްކަމަށެވެ. 

ރާއްޖެ ފުރަބަންދުގައި އޮތުމަށްފަހު، މިހާރު ލުއިދީފައިވާއިރު އެއާއެކު މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅެން ޖެހޭ ގޮތުގެ ވަކި އުސޫލެއް އާންމުކޮށްފައިވާ ކަމަށާއި އެެގޮތުން ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ސާފުތާހިރު ކަމަށް ބަލައިގެން އުޅުމަށް ހިމެނޭކަން ސިޓީގައި ފާހަގަކުރެ އެވެ. 

އެކަމަކު ފުރަބަންދު އުވާލުމާ އެކު ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އެ އިލްތިމާސްތައް ގިނަ ބަޔަކު އަޑު ނާހާއި ކަމަށާއި އެކަމަކު ސަބަބުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ވަނީ ބުނެފަ އެވެ.

އަދި އެގޮތަށް ކޭސްތައް އިތުރުވާނަމަ އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެތީ އެމްއާރުއެމުން ވަނީ އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެދިފަ އެވެ. 

އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހެދުމަށް ވަނީ އެދިފަ އެވެ. އަދި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފުހެދުމާއި އެންމެން މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރުކުރުމަށް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް