ads
ރައީސް ނަޝީދާއި ޗައިނާ ސަފީރު--
ޗައިނާ ސަފީރުގެ ހޫނު ރައްދެއް ރައީސް ނަޝީދަށް
ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 12 ރަށެއް ޗައިިނާ ސަރުކާރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވާހަކަ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީ​ރު ޖަންގް ލީޖޮންގް ދޮގުކުރައްވައި، ހޫނު ރައްދެއް ނަޝީދަށް ދެއްވައިފި އެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔައި، އިންޑިއާ ނޫސްވެރިިޔަކު ލިޔުނު ލިޔުމަކާއި ގުޅިގެން އެ ނޫސްވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް އާންމުކުރައްވަމުންނެވެ. އެސިޓީގައި އިތުރަށް ނަޝީދު ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޗައިނާގެ ކޮމިއުނިސްޓުންނަށް ވިއްކާލާފައިވާ ކަމަށެވެ. ރާއްޖޭގެ ޑިމޮކްރަސީގެ ސިފަތައް ނެތިގެންދިޔަ ކަމަށާއި އަދި  ތިން ބާރު ވަކިވެފައިވާ ނިޒާމު ރައީސް ޔާމީންގެ ސަރުކާރާއެކު ގެއްލިގެން ގޮސްފައިވާ ކަމަށްވެސް ރައީސް ނަޝީދުގެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން 12 ރަށެއް ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ވިއްކާލާފައިވާކަމަށާއި ރާއްޖެ އޮތީ ޗައިނާއަށް ވަރަށް ބޮޑަށް ދަރާފައި ކަމަށާއި އެއީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެސިޓީއަށް ރައްދު ދެއްވަމުން ޗައިނާގެ ސަފީރު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަމަށެވެ. އަދި 12 ރަށެއްގެ ވާހަކަ ނޯންނާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. މިހެން ވިދާޅުވެ މިއަދު ކުރައްވާފައިވާ ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޓެގް ކުރައްވައިފައިވެއެވެ.

ޗައިނާ ސަފީރު ވަނީ ރަނގަޅަށް ބެއްލެވުމަށް ފަހު ވާހަކަ ދެއްކެވުމަށް ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މިވަރުގެ އަދަދެއް އޮޅި ހަގީގަތެއް ނެތް ވާހަކަތަކެއް ރައީސް ނަޝީދު ދައްކަވާފައިވާތީ ހިތާމަ ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

އިންޑިއާ ދިފާއުކުރައްވާ އަދި އެ ގައުމުގެ ރުހުން ހޯއްދެވުމަށް މީގެ ކުރިން ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ރައީސް ނަޝީދު ދައްކަވާފައި ވާއިރު އަބަދުވެސް ޗައިނާއަށް ތަފާތު ތުހުމަތުތައްކޮށް އެ ގައުމާ ދެކޮޅަށް ރައީސް ނަޝީދު އަންނަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް