4769
CONFIRMED

DEATHS
2755
RECOVERED
🌏19,381,455
INFECTED
🌏11,741,100
RECOVERED
🌏721,409
DEATH
🌏61%
RECOVERY RATE
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވީ ޕާޓީ ބާއްވަމުންދާތީ: އެޗްޕީއޭ
Share
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ ޕާޓީތަކާއި ޖަލްސާތައް ބާއްވަމުންދާތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
Advertisement

އެޗްޕީއޭ އިން މިރޭ ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އަދި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. 

އެގޮތަށް ދިމާވަނީ ލޮކްޑައުންއަށް ދިން ލުއިތަކާއެކުން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާގޮތަށް ހަފްލާތަކާއި، ޕާޓީތަކާއި، ޖަލްސާތަކާއި އަދި އެހެނިހެން އެއްވުންތައް ބާއްވަމުންދާތީ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. 

އެހެންވެ އެޗްޕީއޭ އިން ވަނީ ލުއިތަކުގެ ތެރޭގައި ވެސް އޭޖެންސީން ނެރެފައިވާ އުސޫލުތަކާއި އެންގުންތަކާއި، މަސައްކަތުގެ މާހައުލުގައި އަމަލުކުރަން ކަމާއި ގުޅޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފަ އެވެ. 

އަދި، މިހާލަތުގައި 30 މީހުންނަށްވުރެ ގިނައިން އާއްމު ތަންތަނަށް އެއްނުވުމަށާއި ކޮންމެހެން މީހުން ހާޒިރުވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ފިޔަވައި، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް ެވސް އޮންލައިންކޮށް ބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ. 

އެޗްޕީއޭ އިން ބުނީ 30 މީހުންނަށްވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތަކުގައި ވެސް ބައިވެރިވާނީ ކޮންމެހެން ބައިވެރިވާން ޖެހޭނަމަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް