ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
މަރު ކޮމިޝަން އޮތުމުގެ ބޭނުމެއް މިހާރު ނެތް، އުވާލަންޖެހޭ: ރައީސް ނަޝީދު
މަރުކަތާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަން އޮތުމުގެ ބޭނުމެއް މިހާރު ނެތްކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ހަދާފައިވާ ރިޕޯޓެއްގެ ޑްރާފްޓް އެ ކޮމިޝަންގެ ރައީސް ވަޑައިގެން ދެއްވިކަމަށާއި އެ ރިޕޯޓް މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ހިއްސާކުރިން ކަމަށެވެ.

އެ ރިޕޯޓްގައި ވާ ވަރަށްގިނަ ވާހަކަތަކާ ގުޅޭ ތަހުގީގެއް ނުވަތަ ދައުވާއެއް ކުރުމެއް ހަމަ އެއްގޮތަކަށް ވެސް ނުހިނގާ ކަމަށް ރައިސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކޮމިޓީންވެސް އެ މައްސަލަ ބެލުމަށްފަހު ފާހަގަވާ ކަންކަންކަމާ ގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގެ ދަށުން އުފައްދާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ވެސް ގާނޫނުގައި ބުނާ މަސައްކަތް ކުރެވުނުކަމަށް ދަންނަވަން ވަރަށް ދަތިކަމަށެވެ. 

"އެއްގޮތަކީ މި ގާނޫނުވެސް އުވާލުން އަދި އެ ކޮމިޝަންވެސް އުވާލުން. އަޅުގަނޑުގެ ހިތަކަށް މިހާރަކު ނުވަދޭ މި ދެކޮމިޝަން އޮތުމުގެ ބޭނުމެއް އޮތް ކަމަކަށް."

ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަންތައް އުވާލުމުގެ އިހްތިޔާރު ދެވިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށްކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމުމުގެ ބާރު އޮތީ މެމްބަރުންގެ ކުރިމަތީގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ބުއްދިއަށް މިހާރު ފެންނަނީ މި ދެ ކޮމިޝަނަކީ ބޭނުންތެރި ކޮމިޝަނެއް ނޫންކަމަށް. އެތަންތަން މިހާރު އުވާލެވެންޖެހޭކަމަށް."

ރައީސް ނަޝީދު ވިދާޅުވީ، "ބޭކާރު ބޭނުންނެތް ހަރަދު"، މި ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް