ads
ފޮޓޯ:އެމްއެމްއޭ
އެމްއެމްއޭ އޮޑިޓްކޮށްދޭނެ އޮޑިޓް ފާމެއް ހޯދަން އިއުލާންކޮށްފި
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އަށް އޮޑިޓްކޮށްދޭނެ އޮޑިޓް ފާމެއް ހޯދަން އިއުލާންކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ މިއަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އެ އޮތޯރިޓީއަށް އޮޑިޓްކޮށްދޭން އޮޑިޓް ފާމެއް ހޯދަމުން އަންނަ ކަމަށެވެ. 

އެ މަސައްކަތްކުރުމަށް ޝައިގުވެރިވާ، ރާއްޖޭގައި މަސައްކަތްކުރާ ލައިސަންސް އޮތް އޮޑިޓް ފާމްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ. 

އޭގެ އިތުރުން އެމްއެމްއޭއިން ބުނީ، އެކަމަށް އެދި ހުށަހަޅާ އޮޑިޓް ފާމްތަކުގެ ތެރެއިން ބިޑިންގައި ބައިވެރިވެވޭނީ ޕްރޮޕޯސަލް ހުށައަޅާ ރަޖިސްޓްރީވާ އޮޑިޓް ފާމްތައް ކަމަށެވެ.

އަދި އެކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން މެއިލް މެދުވެރިކޮށް ސުވާލުކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް