ads
ދިވެހިރާއްޖޭގެ ރިސޯޓެއްގެ ސްޕާއެއް
ރާއްޖެ ވޯލްޑް ބެސްޓް ސްޕާ އެވޯޑަށް ނޮމިނޭޓްވެއްޖެ
މިއަހަރުގެ ވޯލްޑް ސްޕާ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން" އަށް ރާއްޖެ ނޮމިނޭޓްވެއްޖެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މިއީ ދިވެހިރާއްޖެ މި އެވޯޑަށް ނޮމިނޭޓްވި ހަ ވަނަ ފަހަރު ކަމަށާއި މީގެކުރިން ރާއްޖެ ވަނީ ވިދިވިދިގެން ފަސް ފަހަރު ނޮމިނޭޓްވެ، އެވޯޑް ކާމިޔާބުކޮށްފަ އެވެ. 

ރާއްޖޭގެ ސްޕާގެ ހިދުމަތްތަކަކީ އަރާމުކޮށްލުމަށާއި ތަޒާ ވެލުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލެކެވެ. ރާއްޖޭގައި ލިބެން ހުންނަ ތަފާތު ސްޕާގެ ހިދުމަތްތަކުގެ ތެރޭގައި ވޯޓް ވިލް ސްޕާ، ލިވަބޯޑް ސްޕާ އަދި އަންޑަ ވޯޓް ސްޕް ހިމެނިގެން ދާއިރު ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމަ އަށް ތަޖުރިބާ ކުރެވޭނެ ކަމަށް ވެސް މި އެމްއެމްޕީއާރްސީން ބުނެއެވެ. 

ބައިނަލް އަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ވޯލްޑް ސްޕާ އެވޯޑްސް ދޭން ފަށާފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ސްޕާ ޓޫރިޒަމް ފުޅާވެ ދެމުން އަންނަ މަތީ ފެންވަރުގެ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށާއި ސްޕާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

އެގޮތުން މިފަދަ ޝަރަފުވެރި އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެގެން ދިއުމަކީ ރާއްޖޭގެ ސްޕާ ހިދުމަތްތަކަށް ލިބޭ ކުރިއެރުމެއްގެ އިތުރުން ދުނިޔޭގެ މާކެޓުގައި ވެސް ރާއްޖެ އަކީ މަތީ ފަންތީގެ ސްޕާގެ ހިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި އިތުރަށް މަޝްހޫރުވެގެންދާނޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިވެހިރާއްޖޭގެ 13 ރިސޯޓެއް ވަނީ "އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން” ކެޓަގަރީ އިން ނޮމިނޭޓް ވެފައެވެ. އެ ރިސޯޓުތަކަކީ: 

• އަނަންތަރާ ސްޕާ އެޓް އަނަންތަރާ ދިގު މޯލްޑިވަސް ރިސޯޓް
• އަނަންތަރާ ސްޕާ އެޓް އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާޒް
• ކާމް ސްޕާ އެޓް ޖީ.އ މަނަފަރު
• ޑިރިފްޓް ސްޕާ އެޓް ނިޔާމަ ޕްރައިވެޓް އައިލޭންޑް މޯލްޑިވްސް
• ހެވަންލީ ސްޕާ އެޓް ދަ ވެސްޓްއިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް
• އިރިޑިއަމް ސްޕާ އެޓް ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
• ޖަވާ ގްރޭންޑް ސްޕާ އެޓް ތާޖް އެގްޒޯޓިކް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
• ކޮކޯ ސްޕާ އެލް ކަނުހުރާ
• ތަލީސް ސްޕާ އެޓް ޖުމެއިރާ ވިއްޓަވެހި
• ދަ ސްޕާ އެޓް ކޮންރަޑް މޯލްޑިވްސް ރަންގަލި
• ދަ ސްޕާ އެޓް ވެލް ޕްރައިވެޓް އައިލެންޑް
• ދަ ސްޕާ ބައި ތަލްގޯ އެޓް ސަން ސިޔާމް އިރު ފުށި

މިފަދަ އެވޯޑްތައް ލިބުމަކީ ރާއްޖެއާ ދޭތެރޭ ފަތުރުވެރީންގެ މެދުގައި އޮންނަ ލޯތްބާއި މަގްބޫލުކަން އަންގަވައިދޭ ކަމެއް ކަމަށް އެމްއެމްޕީއާރްސީ އިން ފާހަގަކޮށްލައެވެ. އެގޮތުން ދިވެހިރާއްޖެ އަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފަ އެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރ 30 ވަނަ ދުވަހެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް