ads
އިބްރާހިމް އިސްމާއިލް ފޮޓޯ: ސަން
ަަސްޕޯޓްސް ކައުންސިލްގެ ރައީސްއަށް ކޮވިޑް ޖެހިއްޖެ
ސްޕޯޓްސް ކައުންސިލުގެ ރައީސް ކަން ކުރައްވަމުން ގެންދަވާ އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޅިވަރު ދާއިރާއިން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އިބްރާހިމް އިސްމާއިލް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ހުން އައިސްގެން ޑޮކްޓަރަށް ދިއުމުން ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ޓެސްޓް ހަދާފައިވާއިރު ނަތީޖާ ލިބިފައި ވަނީ ރޭ ގެ ވަގުތެއްގައެވެ.  

ކޮވިޑް-19 އަށް ޕޮޒިޓިވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި އިބްރާހީމް އިސްމާޢީލް ވަނީ ހުޅުމާލޭ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަކީ ކުޅިވަރުގެ ދާއިރާ އިންނާއި ތައުލީމީ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 43 އަހަރު ދައުލަތުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އިބްރާހިމް އިސްމާއިލަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް