ads
މެންޗެސްޓަރ ޔުނައިޓޭޑްގެ ކުޅުންތެރިން
ސައުތެމްޓަނާ އެއްވަރުވެ ޔުނައިޓެޑް ފުރުސަތު ނަގާލައިފި
އަމިއްލަ ދަނޑުގައި ސައުތެމްޓަންއާ އެއްވަރުވެ، ޓޭބަލްގެ ތިންވަނައަށް އަރަން މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ. ޔުނައިޓެޑް އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ.

ތިންވަނައިގަ އޮތް ޗެލްސީއާ، ހަތަރުވަނައިގަ އޮތް ލެސްޓަރ ސިޓީ ބަލިވެފައި އޮތުމުން މެޗުން މޮޅުވެގެން ތިންވަނަ ކަށަވަރު ކުރެވެން ޔުނައިޓެޑަށް އޮތް ނަމަވެސް ޔުނައިޓެޑް އެއްވަރުވީ ހިތްދަތި ގޮތަކަށް ފަހު ވަގުތުއެވެ. މި ނަތިޖާއާއި އެކު ޔުނައިޓެޑް އޮންނަން ޖެހުނީ ކުރިންވެސް އޮތްހެން ފަސް ވަނައިގަގައެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހާދިނީ މާކަސް ރެޝްފޯޑް އަދި އެންތަނީ މާޝިއަލް އެވެ. ޗެލްސީ އަށް 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ލެސްޓާ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ކޮންމެ ޓީމަކަށްވެސް ދެން ބާކީ އޮތީ ތިން މެޗެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް